ރައީސް ޔާމީން ޖަލުގައި އޮންނަތާ އެއް އަހަރު ވުމާއި ގުޅިގެން އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލަން ނިކުތް ސްކޫލެއްގެ މަސައްކަތު މީހަކު އެއްމަސް ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކޮށްފައިވަނީ ނ.ލަންދޫ ސުކޫލުގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުންދިޔަ އިބްރާހީމް ޢަބްދުއްލަޠީފެވެ. ސަސްޕެންޑްކޮށް އެޑިއުކެޝަން ކޮމިސްޓްރީން ލަންދޫ ސްކޫލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އޭނާ ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނީ ސިވިލްސާވިސް ގާނޫނާއި ޚިލާފްވުމުންކަމަށެވެ.
މައްސަލާގައި އަމަލުކުރުމަށް މިނިސްޓްރީއިން ނިންމި ގޮތް:
– މައްސަލައިގެ ތަހުގީގަށް 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރުން.
– މައްސަލައިގެ ތަހުގީގަށް 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާކުރުން،
– ޝަރީއަތަށް މައްސަލަ ފޮނުވާފައިވުމުން، ޝަރީޢަތުން މައްސަލަ ނިމެންދެން 30 ދުވަހުގެ މުއްދަތަށް މުސާރަ ލިބޭ ގޮތަށް އަދި 30 ދުވަހުގެ މުއްދަތަށްވުރެ އިތުރުވާ ދުވަސްތަކަށް މުސާރަ ނުލިބޭގޮތަށް އޮފީހަށް ނުކުތުން މަނާ ކުރުން.
– އޮފީހަށް ނުކުތުން މަނާކުރާ މުއްދަތު: 01 ޑިސެމްބަރ 2020 ން 30 ޑިސެމްބަރ 2020 ގެ ނިޔަލަށް.
މިނިސްޓްރީން ބުނެފައިވަނީ އިބްރާހީމް ޢަބްދުއްލަޠީފް 28 ނޮވެމްބަރ 2020 ގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލައި ރައީސުލްޖުމްހޫރިއްޔާ ދަންޖަސައި މަރާލުމަށް ގޮވާލައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަމަލީގޮތުން ބައިވެރިވެ އެކަމަށް ހިއްވަރުދީފައިވާތީ، މި މައްސަލައިގެ އިދާރީ ތަހުޤީގަށް މި ލިޔުމުގެ 6 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން އޮފީހަށް ނުކުތުން މަނާކުރުމަށް ކަނޑައަޅައިފައިވާކަމަށެވެ.
ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި އިދިކޮޅުން ކުރި މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅުން ގިނަ ބަޔަކު ބައިވެރިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ