"ސިންގަމް އެގެއިން" ގެ ހާއްސަ ރޯލަކުން ވިކީ ކޯޝަލް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ފިލްމް އަކީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ، އަޖޭ ދޭވްގަނާ އެކީ ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ފިލްމްއެކެވެ. މި ފިލްމް ދެ ބައެއް މީގެ ކުރިން ވަނީ ގެނެސްދީފައިއެވެ.
ރޯހިތުގެ ކޮޕް ޔުނިވާސް އަށް ތައާރަފަކުރި ފުރަތަމަ ފިލްމު ކަމަށްވާ "ސިންގަމް" ގެ ތިން ވަނަ ބައިގެ ހާއްސަ ފެނިލުންތަކެއްގައި އެ ޔުނިވާސްގައި ކުރިން ހިއްސާވި އެހެން ތަރިންތަކެއް ވެސް ފެންނާނެ ކަމަށް މިޑިއާ ރިޕޯޓްތަށް ބުނެއެވެ. އެންމެ ފަހުން ގެނެސްދިން މީގެ ދެވަނަ ބައިންވެސް ވަނީ ގިނަ އަދަދެއްގެ ތަރިން ގެ ހާއްސަ ފެނިލުން ތަށް ފެނިގެން ގޮސްފައިއެވެ.
އަޖޭ އާއި ދީޕިކާ ޕަދްކޯން ލީޑް ކުޅޭ "ސިންގަމް އެގެއިން" އިން ވިކީ ފެންނާނެކަމުގެ އަޑުތަކެއް އަރާފައިވާ އިރު، މިކަން ތެދަކަށްވެއްޖެ ނަމަ މި ފިލްމު ވާނީ ބަތަލާ ކެޓްރީނާ ކައިފްގެ ފިރިމީހާ ރޯހިތުގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ.
ރޯހިތުގެ ކޮޕް ޔުނިވާސް އަށް ވެބް ސީރީޒެއް ވެސް ގެނެސްދޭން އަންނަނީ ތައްޔާރުވަމުންނެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މި އަހަރުގެ ނޮވެމްބަރުގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "އިންޑިއަން ޕޮލިސް ފޯސް" އެވެ.
ކޮމެންޓު ފޮނުވާ