ދިޝާ ބަނޑުބޮޑު

ދިޝާ ބަނޑުބޮޑު

Author
ފާތިމަތު ނާވީ
20 މެއި 2023 12:01
0

ޑްރާމާ ސީރީޒް ތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދައިފައިވާ ބަތަލާ ދިޝާ ޕަރްމަރާއި ފިރިމީހާ ރާހުލް ވައިދިއާ އަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

މިކަން ވަނީ ފޮޓޯ އަކާއި އެކު އޭނާގެ އިންސްޓގްރާމްގައި އިއުލާން ކޮށްފައިއެވެ. އެއާއި އެކުގައ ގިން ބަޔަކު ވަނީ އޭނާ އަށް މަރުހަބާކިޔައި ކޮމެންޓް ކޮށްފައިއެވެ.

ޑިޝާ، 29، އާއި "އިންޑިއަން އައިޑޮލް" ގެ ފުރަތަމަ ސީޒަނުން ވިދި ރާހުލް، 35، ކައިވެނިކުރީ 2021 ގަ އެވެ. މީ މިދެމީހުން ނަށް ލިބޭނެ ފުރަތަމަ ކުއްޖާއެވެ.

 

 

View this post on Instagram

 

A post shared by Disha Parmar Vaidya (@dishaparmar)

ދިޝާ ވަނީ މަގުބޫލު ޑްރާމާ ތަކެއް ކުޅެފައިއެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިއައީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ޑްރާމާ ސިލްސިލާ އެއް ކަމުގައިވާ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2″ އިންނެވެ. މި ސިލްސިލާގެ ލީޑު ރޯލުން ދިޝާ އާއި އެކުގައި ފެނިގެން ގޮސްފައިވަނީ ނަކުލް މެހެތާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.