މޭރީގެ މަރުގެ މައްސަލަ: އިތުރު އަޑުއެހުމެއް އާދީއްތަ ދުވަހު

މޭރީގެ މަރުގެ މައްސަލަ: އިތުރު އަޑުއެހުމެއް އާދީއްތަ ދުވަހު

ގުޅުންހުރި

2021 އަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މަރާލާފައިވާ، އައިޖީއެމްއެޗުގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހަށް ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

މިއަޑު އެހުން ތާވަލް ކޮށްފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު 9:30 އަށެވެ. މިދުވަހަށް ތާވަލް ކޮށްފައިވަނީ މިމައްސަލާގައި ދައުވާކުރާ މާވިންގެ މައްޗަށް އުފުލާފައިވާ އެނގުހުރެ މީހަކު މެރުމުގެ ދައުވާއެވެ.

މިމައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައިވަނީ 3 ހެކިވެރިއެއްގެ ހެކިބަސް ނަގާފައެވެ. މިގޮތުން އެދުވަހު އެންމެ ފުރަތަމަ ހާޒިރުކޮށްފައިވަނީ މި މައްސަލައިގެ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރެވެ. ދެވަނަ ނަގާފައިވަނީ، ލަމްހާގެ އެކުވެރިއެއް ކަމުގައިވާ، ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތެއްގެ ހެކިބަހެވެ. އޭގެ އިތުރުން އެ އަޑު އެހުމުގައި ފުލުހުންގެ އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއްގެ ހެކިބަސްވެސް ނަގާފައި ވެއެވެ.

2021 ވަނަ އަހަރު އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު މޭރީ މަރާލި މައްސަލަ ފުލުހުން ތަޙުގީގުކުރަން ފެށީ، އެޙާދިސާއާ ގުޅިގެން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވިގެންނެވެ. އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ފިރިމީހާއެވެ. އޭރު އޭނާ ބުނީ މޭރީ ދަންޖެހިގެން އަމިއްލައަށް މަރުވީކަމަށެވެ. މޭރީގެ މަރުގެ މައްސަލާގައި ހެދި ޕޯސްޓްމޯޓަމް ރިޕޯޓްގައިވާ ގޮތުން މޭރީ މަރާލާފައިވަނީ ނޭވާ ހާސްކޮށްލައިގެންނެވެ.

މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ