ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމުގައިވާ އަމިތާބް ބަޗަން އާއި އަނުޝްކާ ޝަރުމާ ހެލްމެޓް ނާޅާ ސައިކަލް ދުއްވި މައްސަލަ ބަލަމުން އަންނަ ކަމަށް މުމްބާއީ ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މި ދެތަރިން ގެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި އަދި އެދެތަރިންނާއި މެދުގައި ފިޔަވަޅު އަޅާނެ ކަމަށެވެ. މި ދެތަރިންނަކީ ވެސް ބޮލީވުޑްގައި ވަރަށް މަޝްހޫރު ދެތަރިންނެވެ.
މި ދެ ތަރިން ހެލްމެޓް ނާޅައި، ސައިކަލްގެ ފަހަތުގައި ތިބެގެން ދަތުރުކުރި މަންޒަރުތަކެއް ފެންނަ ފޮޓޯ އާއި ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުވެ، ވަރަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
އަމިތާން ނުވެސް ދަންނަ މީހެއްގެ ސައިކަލު ފަހަތަށް އަރަންޖެހުނީ ޓްރެފިކްގައި ތާށީވުމުގެ ސަބަބުން ޝޫޓިން އަށް ގަޑިޖެހޭތީއެވެ. އަމިތާބް އަކީ ވަރަށް ގަޑީއަށް ފަރުވާ ތެރި މީހެކެވެ. އަދި ގަޑިޖެހިގެން ތަންތަނަށް ދިއުމަށް އޭނާ ނަފްރަތު ކުރެއެވެ.
އަނުޝްކާ ވެސް ސައިކަލުގައި، ހެލްމެޓް ނާޅައި ދަތުރުކުރީ އިވެންޓަކަށް ދާން ގަޑިޖެހޭތީ ކަމަށް ވެއެވެ. ވީޑިއޯ ކުރަން ހުރި މީހާ އަށް އެގޮތަށް ވީޑީއޯ ނުކުރުމަށް ބުނާތަށް ވެސް އަނޫޝްކާގެ ވީޑިއޯ އިން ފެނެއެވެ. އަނުޝާ ސައިކަލްގައި ގޮސްފައިވަނީ އޭނާގެ ބޮޑީ ގާޑް އާއި އެކުގައިއެވެ.
މި ދެ ތަރިން ވެސް ސައިކަލަށް އަރާފައިވަނީ މުމްބައީގެ ބޮޑު ޓްރެފިކުން ސަލާމަތްވެ އަވަހަށް ބޭނުންވާ މަންޒިލަށް ދިއުމަށެވެ. ނަމަވެސް އެ ދެ ތަރިން ސައިކަލުގެ ފަހަތު ސީޓުގައި ތިބިއިރު ތިބީ ހެލްމެޓް ނާޅަ އެވެ. އިންޑިއާގައި ސައިލް ދުއްވާއިރު އޭގައި ތިބޭ ހުރިހާ ޕަސެންޖަރުން ހެލްމެޓް އަޅަން ޖެހޭނެ އެވެ. ނޫންނަމަ މިއީ ބޮޑު ޖޫރިމަނާއެއް އަންނަ އަދި އިންޑީއާގެ ގާނޫނާއި ހިލާފް ކަމެކެވެ.
ކޮމެންޓު ފޮނުވާ