"ޑޮން 3″ ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

"ޑޮން 3″ ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ

Author
ފާތިމަތު ނާވީ
18 މެއި 2023 04:39
0

ޝާހުރުކް ހާން ފެނިގެންދާ ފްރެންޗައިޒް "ޑޮން" ގެ ތިންވަނަ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު އެއްކޮން ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށް ފިލްމް އުފައްދާ ފަރާތްތަކުން ބުނެފިއެވެ.

ޕްރޮޑިއުސަރު ރިތޭޝް ސިދުވާނީ ބުނީ ޑޮންގެ ބޮޑުބައި މިހާރު ދެން ނިމުނީ ކަމަށާއި ސްކްރިޕްޓް ނިމުނުހާ އަވަހަކަށް ފިލްމްގެ ޝޫޓީންގެ މަސައްކަތް ފެށުމަށް ވިސްނަމުން އަންނަ ކަމަށެވެ.

ރިތޭޝް އާއި ޑައިރެކްޓަރު/ އެކްޓަރު ފަރުހާން އަޚްތަރުގެ އެކްސެލް އެންޓަޓައިންމަންޓުން 2006 ގައި ގެނެސްދިން "ޑޮން" އާއި 2011 ގައި ގެނެސްދިން "ޑޮން 2″ ގެ ތިން ވަނަ ބައިގެ ވާހަކަ ދެކެވެމުން އަންނަނީ 2017 އިން ފެށިގެންނެވެ. އެކަމަކު މީގެ ސްކްރިޕްޓް ލިޔަން ފަރުހާން ފެށީ 2021 ގަ އެވެ.

 

View this post on Instagram

 

A post shared by Farhan Akhtar (@faroutakhtar)

މީގެ ކުރިން ދެ ފިލްމު ކަމުގައިވާ "ޑޮން" އަދި "ޑޮން 2″ގެ ބަތަލަކީ ޝާހްރުކް ޚާނެވެ. އަދި ބަތަލާއެއްގެ ގޮތުގައި ފެނިގެންދިއައީ ޕްރިޔަންކާ ޗޯޕްރާއެވެ. މިގެ ދެފިލްމް އަކީވެސް ވަރަށް ކާމިޔާބު ދެ ފިލްމްއެކެވެ.

"ދިލް ޗާތާ ހޭ" އާއި "ލަކްޝިއާ" ފަދަ ފިލްމުތައް ގެނެސްދިން ފަރުހާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ "ޑޮން 2″ އެވެ. އޭނާ ވަނީ އިތުރު ފިލްްމ އެއްވެސް އިއުލާން ކޮށްފައިއެވެ. އެއީ "ޖީ ލޭ ޒަރާ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.