ޕަރިނީތީގެ ކައިވެނި އޮކްޓޯބަރުގައި

ޕަރިނީތީގެ ކައިވެނި އޮކްޓޯބަރުގައި

Author
ފާތިމަތު ނާވީ
18 މެއި 2023 08:12
0

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުލަގަދަ ހަފުލާއެއްގައި އެންގޭޖްވި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އާއި ލޯބިވެރިޔާ ރާގަވް ޗައްޑާ ގެ ކައިވެނި އަންނަ އޮކްޓޯބަރުގައި ބާއްވަން ހަމަޖެހިފައިވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެެނެސްދޭ ނޫހަކުން ބުނެފިއެވެ.

އެދެމީހުންގެ ކައިވެނި ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވަރަށް ކުލަގަދަކޮން ކަމަށް ރިޕޯޓްތަށް ބުނެއެވެ. ޕަރިނީތީގެ ދެބެންގެ ދެދަދަރި ދައްތަ އަދި މަޝްހޫރު ބޮލީވުޑް/ ހޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެނިވެސް ބޭއްވިގެން ދިއައީ ވަރަށް ކުލަގަދަކޮންނެވެ.

ޕްރިޔަންކާ އާއި ވަލަކިއުންތެރިއާ ނިކްޖޯނަސް ގެ ކައިވެނި ހަފްލާ ބޭއްވީ އިންޑިއާގައި އެވެ. އެހެން ކަމުން ޕަރިނީތީ ވެސް އެމީހުންގެ ަކިއވެނި ހަފްލާ އިންޑިއާގައި ބާއްވާނެ ކަމަށް ބެލެވެއެވެ.

 

View this post on Instagram

 

A post shared by @parineetichopra

ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް ހަފުލާ ބޭއްވި ނިއު ދިއްލީގަ އެވެ. އަދި ކައިވެނީގެ ހަފުލާ ބާއްވާނީ ދިއްލީ ނުވަތަ ރާޖަސްތާނުގައި ކަމަށް މީޑިއާތަކުން ބުންޏެވެ. އަދި މިކަިއވެންޏަށް މިހާރު ދެފަރާތުގެ އާއިލާ އިން ވަރަށް ބޮޑަށް ތައްޔާރު ވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެއެވެ.

 

View this post on Instagram

 

A post shared by @parineetichopra

 

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.