ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށް

ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށް

Author
މުޙައްމަދު ޝަޒައިމް
17 މެއި 2023 12:39
0

ޖިންސީ ފުރައްސާރަކޮށް މީހެއްގެ ނުރުހުމުގައި ގަޔަށް އަތްލިކަމުގެ ތުހުމަތަށް އިންޑިއާ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފިއެވެ.

އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ނެރުނު އަމުރުގައި މައްސަލައިގެ ތަފްސީލެއް ނެތެވެ. ނަމަވެސް އަމުރުގައި ބުނެފައި ވަނީ ފުލުހުން އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ ޖިންސީ ފުރައްސާރަ ކުރުމާއި ނުރުހުމުގައި ގައި އަތްލުން ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައި ވަނީ ފުލުހުން ކުރާ ތުހުމަތުތަކަށް ބާރު ލިބޭނެ ހެކިތައް ކޯޓަށް ހުށަހަޅާފައި އެބަހުރި ކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވެއެވެ. އޭނާ ހައްޔަރުކުރީ އިޖުރާއަތާ އެއްގޮތަށް ކަމަށް ވެސް އަމުރުގައި ކަނޑައަޅާފައިވެއެވެ.

ދިހަ ދުވަހަށް އޭނާ ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރު ނެރުނީ މުޖުތަމައުގެ ސަލާމަތައްޓަކައި ކަމަށެވެ.

އެކި މައްސަލަތަކުގައި ރާއްޖޭގައި ހައްޔަރުކުރާ އިންޑިއާ މީހުންނަށް ފިޔަވަޅު ނާޅާ ކަމުގެ ތުހުމަތު އެކި މައްސަލަތަކާ ގުޅިގެން ކޮށްފައި އެބަހުއްޓެވެ. މިދިޔަ ފެބްރުއަރީ މަހު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ލިބުނު އިންޑިއާ މީހެއްގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފައި ވަނިކޮށް އިމިގްރޭޝަނުން އޭނާ ޑީޕޯޓް ވެސް ކޮށްލިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.