ސްޓާކިޑުންގެ ގޮތުގައި ބޮލީވުޑްއަށް ތައާރަފްވެ، ސާރާ އަލީ ޚާން، ޖަންވީ ކަޕޫރު، އަނަންޔާ ޕާންޑޭ ފަދަ ކުދިން ވަނީ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ.
އަދި ހަމަ އެއާއި އެކުގައި އިތުރު ސްޓާ ކީޑުންތަކެއް ވެސް އަންނަނީ ދާއިރާ އަށް ތާއާރަފް ވުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އެ ލިސްޓަށް މިހާރު ވަނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި ބޮބީ ޑިއޯލްގެ ދަރިފުޅު އާރްޔަމަން ޑިއޯލްގެ ނަން އިތުރުވެފައިއެވެ.
އާރިޔަމަން ބޮލީވުޑްއަށް ތާއާރަފްވާ އިރުގައި ބޮބީގެ އެއްބަނޑު އެއްބަފާ ބޭބެ ސަނީ ޑީއޯލްގެ ދަރިފުޅު ކަރަން ޑިއޯލް މިހާރު ވަނީ ބޮލީވުޑްއަށް ތައާރަފް ވެފައިއެވެ.
ކަރަން ބޮލީވުޑް އަށް ތައާރަފް ވެފައިވަނީ 2019 ވަނަ އަހަރު ނެރުނު ފިލްމް "ޕަލް ޕަލް ދިލްކޭ ޕާސް" އެވެ. އޭނާ ވަނީ އިތުރު ދެ ފިލްމް އަކުން ވެސް ފެނިގެން ގޮސްފައިއެވެ.
ބޮބީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާގެ ފިރިހެން ދަރިންނާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކައި، އެ ދެ ކުދިންނަކީ އެކްޓަރުންނަށް ވާނެ ކަމަށާއި އެހެން ނަމަވެސް ލައިމްލައިޓާ ދުރުގައި ދެމިހުންނާނެ ކަން ވަނީ ޔަގީންކޮށްދީފައި އެވެ.
ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބޮބީ ޑިއޯލް ބުނީ އޭނާގެ ދެ ދަރިން ކަމަށްވާ އާރްޔަމަން އާއި ދަރަމް އާދައިގެ ދިރިއުޅުމެއް އުޅެން ބޭނުންވާ ކަމަށެވެ. އަދި ޕަޕަރާޒީންނަށް އެ މީހުން ނުފެންނަ ސަބަބު ވެސް އޭނާ ކިޔައިދިނެވެ.
ކޮމެންޓު ފޮނުވާ