ފިޔަވަޅު ތަކާއިމެދު ހިތްހަމަ ނުޖެހެންޏާ އިސްތިއުނާފު ކުރައްވާ: އިބުރޭ

ފިޔަވަޅު ތަކާއިމެދު ހިތްހަމަ ނުޖެހެންޏާ އިސްތިއުނާފު ކުރައްވާ: އިބުރޭ

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ފިޔަވަޅު އަޅާފައިވާ މައްސަލާގައި ހިތްހަމަ ނުޖެހޭނަމަ މައްސަލަ އިސްތިއުނާފް ކުރެވޭނެކަމަށް އެމްޑީޕީގެ އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީން އަލީ އާޒިމް ވަކިކޮށް، ފިކުރެއްގެ ދިރުމުގެ 4 މެމްބަރަކަށް ޕާޓީން ވަކި ކުރުމުގެ ފަހުގެ އިންޒާރު ދިނުމާއި ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް އަމާޒުކޮށް ކުރެއްވި ޓުވީޓެއްގައެވެ.

އިބުރޭ ވިދާޅުވީ އެމްޑީޕީއަކީ މުއައްސަސާއެއް ކަމަށާއި، ވަކި މީހެއް ނޫންކަމަށެވެ. ފިޔަވަޅު އެޅި މެމްބަރުން ހިތްހަމަ ނުޖެހޭނަމަ އެކަމެއް ޕާޓީގެ ކޮމިޓީއަށް ނުވަތަ މަޖިލީހަށް ހުށަހެޅޭނެކަމަށް އެއްވެސް ހާލެއްގައި ވަކި މީހަކަށް މައްސަލަ ހުށަހެނޭޅޭކަމަށެވެ.

މައްސަލަ ހުށައަޅަނީ ވަކި މީހަކަށް ނޫން، ކަމާބެހޭ ކޮމިޓީ އަށް ނުވަތަ މަޖިލިސް އަށް. މުޤައްރިރު ނުވަތަ ނައިބު މުޤައްރިރު، ރައީސް ނުވަތަ ނާއިބު ރައީސް އޮންނަ އުސޫލުން ކުރިއަށް ގެންދާނެ. ހިތްހަމަ ނުޖެހޭ ފަރާތަށް އިސްތިއުނާފް ކުރަން 30 ދުވަސް އަސާސީ ޤަވާއިދުގަ އެބައޮތް.

– އިބުރޭ ވިދާޅުވިއެވެ.

އިބުރޭ މިހެން ވިދާޅުވީ އެމްޑީޕީން ފިޔަވަޅު އެޅި މެމްބަރުންގެ މައްސަލަތައް އެޕާޓީގެ ރައީސަށް ހުށަހެޅުމުން ކަމަށް ބެލެއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް މުހައްމަދު ޝިފާޒަކީ މިނިންމުންތަކާއި ދެކޮޅު ފިޔަވަޅު އެޅި މެމްބަރުންނަށް ތާއީދުކުރާ ދެ ބޭފުޅުންނެވެ.

އާޒިމާއި ދެން ތިއްބެވި މެމްބަރުންނަށް ފިޔަވަޅު ނިންމީ ގޯސްކޮށް ކަމަށް ވިދާޅުވެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކަންބޮޑުވުންފާޅުކުރައްވައިފައެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީ ބޭއްވޭނީ އެ ކޮމިޓީގެ މުގައްރިރު, ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަށް އެނގިވަޑައިގެން ކަމަށެވެ. އެކަމަކު އެއާޚިލާފަށް ސިއްރުން ކޮމިޓީ ބާއްވައި ޕާޓީން އަމަލުކޮށްފައި ވަނީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ނަޝީދު އަށް ޕާޓީ އެއް ހިގާ ގޮތެއްވެސް ނޭގޭ

Leave a Reply

Your email address will not be published. Required fields are marked *