ދިން ކެއުމަކަށް އިންކާރު ކުރުމުން ވިދްޔާގެ "ޝޭރްނީ"ގެ ޝޫޓިންގ ހުއްޓާލަން ޖެހިއްޖެ!

ދިން ކެއުމަކަށް އިންކާރު ކުރުމުން ވިދްޔާގެ "ޝޭރްނީ"ގެ ޝޫޓިންގ ހުއްޓާލަން ޖެހިއްޖެ!

މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި މަޝްހޫރު ފިލްމީ ތަރި ވިދްޔާ ބާލަންގެ ކުރިއަށްއޮތް ފިލްމް "ޝޭރްނީ"ގެ ޝޫޓިންގ ވަނީ، ޝޫޓިންގ ކުރިއަށްދާ ސަރަހައްދުގެ މިނިސްޓަރ ދެއްވި ދައުވަތަކާއި ހުރެ މެދުކަނޑާލަންޖެހިފަ އެވެ. ވިދްޔާ މި ފިލްމުގެ ޝޫޓިންގް މަދްޔަ ޕްރަދޭސްގައި ފެށީ އޮކްޓޯބަރު މަހުގެ މެދު ތެރޭގަ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ވިދްޔާގެ ފިލްމުގެ ޝޫޓިން ހުއްޓުވީ މަދްޔަ ޕްރަދޭސްގެ މިނިސްޓަރު ވިޖޭ ޝާހް ދިން ކެއުމުގެ ދައުވަތަކަށް ވިދްޔާ ނުގޮސްގެންނެވެ. ވިޖޭ ޝާހް ދިން ދައުވަތު ވިދްޔާ ގަބޫލު ނުކުރުމުންނެވެ. ނަމަވެސް މިނިސްޓަރު މި ވާހަކަ ދޮގުކުރެ އެވެ.

ރިޕޯޓުތަށް ބުނާގޮތުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ވެހިކަލްތައް ފިލްމު ޝޫޓްކުރާ ޖަންގަލި ސަރަހައްދައް ވަނުން އެތަން ބަލަހައްޓާ މީހުން މަނާ ކޮށްފައި ވަނީ ޗީފް މިނިސްޓަރު ވިޖޭ ޝާހްގެ ދައުވަތު ވިދްޔާ ގަބޫލު ނުކުރި ދުވަހުން ފެށިގެންނެވެ. އެހެންކަމުން އެކަމާ ޝޫޓިން ހުއްޓުވުމާ ގުޅުމެއް ވާކަން އެންމެންނަށް ވެސް ގަބޫލު ކުރެވެ އެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ޝާހްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝޫޓިންގ ކެންސަލް ނުވާކަމަށާއި، ފިލްމުގެ ޝޫޓިންއަށް ހުއްދަ ހޯދި މީހުން ޗީފް މިނިސްޓަރ އާއި އެކު ކެއުމަކަށް ދާން އެދުނު ކަމަށެވެ. އަދި އެވަގުތު ފިލްމު ކްރޫގެ އެންމެނާ ބައްދަލު ކުރެވެން ނެތްކަމަށާއި ފަހުން މަހާރަސްޓްރާއަށް ގޮސް ބައްދަލުކުރާނެކަމަށް ބުނެފައި ވާނެކަމަށް ބަޔާނުގައި ވެއެވެ. ކަމަށްވެސް ބުނިމަށާއި، އަދި އޭނާގެ ފަރާތުން އެއްވެސް މީހަކަސް ކެއުމަށް ދައުވަތެއް ނުދޭކަމަށެވެ.

ޕޮލިޓީޝަނަކާއި ގުޅުވައިގެން މި ފިލްމުގެ ވާހަކަތައް މީޑިއާ އަށް މިދުވަސްކޮޅު ތިލަވެފައި ވާއިރު މީގެ ކުރިން ވެސް މި ފިލްމުގެ ވާހަކަތައް މީޑިއާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެއީ ފިލްމް ގެ ކޯ ސްޓާ ވިޖޭ ރާޒްގެ މައްޗަށް ކުރެވުނު ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތު ތަކާއެކު އޭނާ ހައްޔަރުކޮށް، ފަހުން ދޫކޮށްލުމުން ޝޫޓިންގއަށް ދިއުމަށް އޭނާ އިންކާރު ކުރުމުންނެވެ.

"ޝޭރްނީ"ގައި ވިދްޔާ ބާލަން ފެނިގެންދާނީ ފޮރެސްޓް އޮފިސަރެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *