ބޮލީވުޑްގެ މަޝްހޫރު ދެތަރިން އަދި ދެމަފިރިން ކަމަށްވާ އިޝިތާ ދައްތާ އާއި ވަޓްސަލް ޝެތު އަށް މީ ވަރަށް އުފާވެރި ދުވަސްކޮޅެވެ. އެދެމީހުންވެސް އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް މިހާރު ދަނީ ވަގުތު ކުޑަތަން ވަމުންނެވެ.
އިއްޔެ ވަނީ މުމްބާއީގައި ބޭބީ ޝަވާއެއް ވެސް ބާއްވައިފައިއެވެ. އަދި އެމީހުން ވަނީ ޕަޕަރާޒީންނަށް ފޮޓޯ ނެގުމުގެ ފުރުސަތުވެސް ދީފައިއެވެ. އެދެމީހުން ފެނިގެން ދިއައީ ވަރަށް އުފާވެރިކޮންނެވެ.
އިޝިތާ އާއި ވަޓްސަލް ކައިވެނިކުރީ 2017 ވަނަ އަހަރު އެވެ. އިޝިތާ ބަނޑުބޮޑުވިކަން އެމީހުން ވަނީ އިންސްޓަގްރާމްގައި އިއުލާނުކޮށްފަ އެވެ.
އެ މީހުން ވަނީ މިދިޔަ މާޗް މަހު މެޓާނިޓީ ފޮޓޯ ޝޫޓެއްގެ ފޮޓޯތަކެއްވެސް އާންމުކޮށްފަ އެވެ. އިޝިތާ އާއި ވަޓްސަލް ކެޕްޝަންގައި ލިޔެފައި ވަނީ "ބޭބީ އޮން ބޯޑް" އެވެ.
އިޝިތާ އަކީ މިދިއަ އަހަރު ދެއްކި އެންމެ ކާމިޔާބު އެއް ފިލްމް ކަމުގައިވާ "ދްރިޝްޔަމް 2″ ގައި މުހިންމު ރޯލަކުން ފެނިގެން ދިއަ ތަރިއެކެވެ. މި ދެތަރިން އެކުގައި ވަނީ "ރިޝްތޯކާ ކާ ސައުދާގަރް- ބާޒިގަރް" ކިޔާ ސިލްސިލާ ޑްރާމާއަކުން ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ