ސޮނީ ޓީވީން ގެނެސްދޭ ކާމިޔާބު ސިލްސިލާ "ބަޅޭ އައްޗޭ ލަގުތޭ ހޭ 2″ އިން ވަކިވި ދެ ތަރިން ކަމަށްވާ ނަކުލް މެހެތާ ޑިޝާ ޕަރްމަރް އަނެއްކާ ވެސް އެނބުރި އަންނަން ތައްޔާރުވާކަމުން އަންނަ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނަން ފަށައިފިއެވެ.
މި ސީރީޒް މިމަހުގެ 24 ވަނަ ދުވަހު ހުއްޓައިލުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއްވެސް ގަދަވެފައިވަނިކޮން އެދެމީހުންގެ އިންސްޓަގްރާމްގައި މިވަނީ އެމީހުން އަންނަން އުޅޭފަދަ އިޝާރާތެއް ދީ ޕޯސްޓެއް ކޮށްފައިއެވެ.
މިދެތަރިން ޝޯ ދޫކޮށްލީ ޝޯވ އަށް ބޮޑެތި ބަދަލުތަކެއް އައުމާއި ގުޅިގެންނެވެ. އެއާއި އެކުގައި ބޮޑެތިވެފައިވާ ކުދިންތަކެއްގެ މައިންބަފައިންގެ ރޯލުން އެދެމީހުން ފެންނަން ބޭނުން ނުވާތީ ކަމަށް މީޑިއާއިން އޭރުވަނީ ބުނެފައިއެވެ.
ޝޯވ އިން އެމީހުން ވަކިނަމަވެސް މިއަދާ ހަމަމައަށް ވެސް ތަފާތު ޓްވިސްޓް ތަކާއި އެކުގައި އައީ ދައްކަމުންނެވެ. އަދި މިއީ ބެލުންތެރިންގެ މެދުގައި ވަރަށް މަގުބޫލު ޝޯވއެކެވެ. އެދެމީހުން ވަކިވުމުން ޝޯވ ގެ ޓީއާރްޕީ އަށް ވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރުކޮށްފައި ކަމަށް ވެއެވެ. ނަކުލް އާއި ޑިޝާ ވަކިވި ފަހުން އޭގެ ލީޑް ކުޅެމުން އަންނަނީ ނިތީ ޓޭލާ އާއި ސަންދީލް ރާއީ އެވެ.
އެމީހުން އެބުރި ޑްރާމާ އަށް އަންނަ ކަން އެއްވެސް ރަސްމީ ފަރާތަކުން އަދި ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ. އެމީހުްނ ޝޯވ އިން ވަކިވުމުން އެދެމީހުންނާއި އެކު އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރިއެވެ.
"ބަޅޭ އައްޗޭ ލަގްތޭ ހޭ" ގެ ނަމުގައި އެކްތާ ވަނީ މީގެ ކުރިންވެސް ޑްރާމާއެއް ގެނެސްދީފައެވެ. 2011 އިން 2014 އަށް ގެނެސްދިން މިޑްރާމާގައި ފެނިގެން ދިއައީ ސާކްޝީ ތަންވަރް އާއި ރާމް ކަޕުރެވެ. މިއީ ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.