މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންފި

މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންފި

Author
ޢަލީ އާދަމް
15 މެއި 2023 08:22
0

މިނިސްޓަރ އޮފް ފޮރިން އެފެއާޒް، އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޖަޕާނުގެ ޓޯކިޔޯއަށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު މިމަހުގެ 14އިން 16އަށް ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މިއުނިކް ލީޑަރސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ޖަޕާނުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހަޔާޝީ ޔޮޝިމާސާއާއި މިއުނިކް ލީޑަރސް ބައްދަލުވުމުގައި ބައިވެރިވާ އެހެން މިނިސްޓަރުންނާވެސް ބައްދަލުކުރައްވާނެއެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މިއުނިކް ލީޑަރސް މީޓިންއަކީ ދުނިޔޭގެ އެކި ވެރިރަށްތަކުގައި 24 ގަޑިއިރުގެ އޮފް ރެކޯޑް ބައްދަލުވުމެއްގެ ގޮތުގައި ބާއްވާ ބައްދަލުވުމެކެވެ. މިބައްދަލުވުމުގައި ސަރުކާރާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިންނާއި، ވަޒީރުންނާއި، ޕާލަމެންޓްރީންނާއި، މަދަނީ ޖަމިއްޔާތަކުގެ މަންދޫބުންނާއި، ސީއީއޯންނާއި، މަތީ ފެންވަރުގެ ޕްރައިވެޓް ސެކްޓަރގެ މަންދޫބުންގެ އިތުރުން މަޝްހޫރު ނޫސްވެރިން ބައިވެރިވާނެއެވެ. މިއީ ބައިނަލްއަޤްވާމީ ސަލާމަތީ ސިޔާސަތާއި ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކޮށް ބަހުސްކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. މިއުނިކް ލީޑަރސް މީޓިން އަކީ ޖަޕާން ސަރުކާރާ ގުޅިގެން ބާއްވާ ބައްދަލުވުމެކެވެ. ޗެތަމް ހައުސްގެ ގަވާއިދުގެ ދަށުން ބާއްވާ މި ބައްދަލުވުމުގައި ވަކި މައުޟޫއަކަށް ފޯކަސްކޮށްގެން މަތީ ފެންވަރުގެ ވަށް މޭޒު ޖަލްސާތައް ބާއްވާނެއެވެ.

މިނިސްޓަރު ޝާހިދާއެކު ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އަހުމަދު ޚަލީލާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު މަރިޔަމް މިދުފާ ނައީމް، ހުސައިންއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެސިސްޓެންޓް ޑިރެކްޓަރު، މުހައްމަދު ޝުޖާއު މި ދަތުރުފުޅުގައި ބައިވެރިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.