ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އެއްވެސް ދިރުމެއްވެސް ސިޔާސަތެއްވެސް ނެތް: މަވޯޓާ

ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އެއްވެސް ދިރުމެއްވެސް ސިޔާސަތެއްވެސް ނެތް: މަވޯޓާ

ގުޅުންހުރި

ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުގައި އެއްވެސް ދިރުމެއް ނެތް ކަމަށާއި، އުޅެނީ ބޮޑު ގަހެއްގެ ހިޔަލަށްވަދެ ކޭކުން ބައެއް ލިބޭތޯކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެންބަރު ޝަރީފް މިގޮތަށް ޓްވީޓްކޮށްފައިވަނީ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއި ނުލައި ރާއްޖޭގެ ސިޔާސީ މާޙައުލަށް ދިރުމެއް ނެތް ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

އާޒިމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ، ފިކުރެއްގެ ދިރުމަކީ އެއްވެސް ދިރުމެއް ނެތް، ފިކުރެއްވެސް ނެތް، ސިޔާސަތެއްނެތް ބައެއް ކަމަށާއި، އެ ފެކްޝަނުން މަސައްކަތް ކުރަމުންދަނީ ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް ފަދަ ހިޔާބޮޑު ގަހެއްގެ ނިވަލަށްވަދެ ޙިމާޔަތް ހޯދުމަށް ކަމަށެވެ. އޭގެ އިތުރުން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ އެމްޓީޑީއާ ކޯލިޝަން ހަދައިގެން ނަމަވެސް ފިކުރެއްގެ ދިރުމުން ބޭނުންވަނީ ދެން އުފެދޭ ސަރުކާރެއްގެ ކޭކުން ފޮއްޗެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފިކުރެއްގެ ދިރުމުގެ އެއްވެސް ދިރުމެއް ނެތް. ވަކި ފިކުރެއްވެސްނެތް. ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއްވެސް ނެތް." ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވައި ކުރިމަތިވި ނާކާމިޔާބީއަށްފަހު ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުގެ" ނަމުގައި އެޕާޓީގެ ތެރޭގައި ސިޔާސީ ވަކި ޙަރަކާތެއް ފައްޓަވާފައެވެ. އަދި އެޙަރަކާތަށް އެޕާޓީގެ ގިނަ ޢަދަދެއްގެ މެންބަރުންގެ ތާޢީދު ލިބިފައިވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ