އެންމެ ބޭނުންވަނީ ޖާންވީ އާއި އެކު ފިލްމް އެއް ކުޅެލަން: ވިކްރާންތް

އެންމެ ބޭނުންވަނީ ޖާންވީ އާއި އެކު ފިލްމް އެއް ކުޅެލަން: ވިކްރާންތް

Author
ފާތިމަތު ނާވީ
19 މެއި 2023 08:02
0

މިހަރު މަސައްކަތް ކޮށްލަން އެންމެ ބޭނުން ވަނީ ޒުވާން ބަތަލާ ޖާވްނީ ކަޕޫރު އާއި އެކުގައި ކަމަށް ހުނަރުވެރި އެކްޓަރު ވިކްރާންތް މަސޭ ބުނެފިއެވެ.

މި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ޖާންވީ އާއި އެކުގައި މަސައްކަތް ކޮށްލަށް ވަރަށް ބޭނުން ވާކަމަށާއި އަދި އެފަދަ ފުރުސަތެއް ލިބޭނެ ކަމުގެ އުންމީދުގައި ހުރި ކަމަށެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

ވިކްރާންތް ބުނީ ޖާންވީ އަކީ އޭނާ އަށް ވުރެ އެތަށް ގުނައެއް މަޝްހޫރު މީހެއް ކަމަށާއި އެހެން ކަމުން ދެމީހުން އެކުގައި ފިލްމް އެއް ކުޅުމުން އޭނާގެ ސަބަބުން އެފިލްމް ބަލަން ވަންނަ މީހުން އިތުރު ވާނެ ކަމަށެވެ.

"ޖާންވީ އަކީ ވަރަށް މަޝްހޫރު ކުޖެއް. އަހަރެންނަށް ވުރެ 10 ގުނަ އޭނާ މަޝްހޫރު ވެދާނެ. އަދި އަހަރުމެން ފިލްމް އެއް ކުޅެފިނަމަ އެ ބަލަން ވަންނަ މީހުން ގިނައި ވަންނާނީ އޭނާގެ ސަބަބުން ކަމާއި މެދުގައި އެއްވެސް ޝައްކެއް ނެތް"

ވިކްރާންތު ބުނީ ޖާންވީ އަކީ އޯޑިއެންސްވެސް ވަރަށް ބޮށް ބަލައިގެންފައިވާ އަދި ވަރަށް ހުންރުވެރި ތަރިއެއް ކަމަށެވެ. އަދި އޭނާ އަކީ ބަތަލާއެއްގެ ގޮތުން ބެލި ނަމަވެސް ވަރަށް މަޝްހޫރު ކުއްޖެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Vikrant Massey (@vikrantmassey)

ވިކްރާންތް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޕަވަން ކަރްޕަލާނީ ޑައިރެކްޓް ކޮށް މިއަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް ގޭސްލައިޓް އިންނެވެ. މި ފިލްމްގައި ވިކްރާންތް އާއި އެކުގައި ފެނިގެން ގޮސްފައިވަނީ ސާރާ އަލީ ހާން އާއި ޗިތްރަންގާދާ ސިންގްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.