އިއްޔެ އަކީ ޗޯޕްރާ ފެމެލީއަށް ބޮޑު ދުވަހެކެވެ. އިންޑިއާގައި ކައިވެންޏަކީ ވަރަށް ބޮޑު ފެސްޓިވަލެއް ފަދައިން ކުރިއަށް ގެންދާ ގިނަ ސެރޮމޮނީ ތަކެކެވެ.
އެގޮތުން އިއްޔެ ވަނީ ޒުވާން ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިއާ ރާގަވް ޗައްޑާ އެންގޭޖްވެއެވެ. މި އެންގޭޖްމެންޓް ޕާޓީ އަށް ފަހު އެދެމީހުން ވަނީ ނޫސްވެރިންގެ ކުރިމަށްޗަށްވެސް ނުކުމެފައިއެވެ.
މީގެ އިތުރުން މި ހަފްލާ އަށް އޭނާގެ ދެބެންގެ ދެދަރި ދައްތަ ބޮލީވުޑް އަދި ހޮލީވުޑްގައި ވެސް ފިޔަޖަހަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްވެސް ވަނީ ހާޒިރުވެފައިއެވެ.
މިހާރު ފިރިމީހާ ލަވަކިއުންތެރިއާ ނިކް ޖޯނަަސް އާއި ކައިވެނިކޮށް ދިރިއުޅުން އެމެރިކާއަށް ބަދަލުކޮށްފައިވާ ބަތަލާ މިހަފްލާގައި ބައިވެރިވުމަށް އިއްޔެ ވަނީ އެބުރި އިންޑިއާއަށް އައިސްފައިއެވެ. އަދި އޭނާ ވަނީ މިހަފްލާގައި ބައިވެރިވެފައިއެވެ.
މިހަފްލާ އަށް ފަހު އޭނާ ކުރި ޕޯސްޓެގައި ބުނެފައިވަނީ ޕަރިނީތީ ގެ ކައިވެންޏަކީ އޭނާ ވަރަށް އިންތިޒާރު ކުރާ ކައިވެންޏެއް ކަމަށެވެ.އަދި އެދެމީހުންނަށް ޓަކައި ވަރަށް އުފާވާ ކަމަށްވެސް އޭނާ ބުނެފައިއެވެ. އަދި ހަމަ އެއާއި އެކުގައި އޭނާ ހުރީ ކޮއްކޮ ކައިވެނި ކުރާ ދުވަހެއްގެ އިންތިޒާރުގަި ކަމަށް ބުނެފައިއެވެ.
މިކަައިވެނި ވަރަށް އަވަހަށް ކުރެވިގެން ދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އަދި ތާރީހެއް އިއުލާނެއް ނުކުރެއެވެ. އަދި މިކައިވެނީގެ ހަފްލާގައި ޕްރިޔަންކާ ބަިއވެރި ވާނެ ކަން ކަށަވަރުކޮށްދެއެވެ.
ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެއެއްގެ އިތުރުން އިތުރުން އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއަ ސަބާގެ މެމްބަރެއް ވެސް މެ އެވެ.
ކޮމެންޓު ފޮނުވާ