ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ އާ ފިލްމު "ކެނެޑީ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.
މި މަހު ބާއްވާ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ވެސް ޕްރީމިއާކުރަން ފުރުސަތު ލިބިފައިވާ މި ފިލްމް އަކީ ވަރަށް ތަފާތު ސްޓައިލެއްގެ ފިލްމް އަކަށް ވާނެ ކަމަށް ހަބރުތަށް ބުނެއެވެ.
"ކެނެޑީ" މި އަހަރު ކާންސް އަށް ގެންދިއުމާ މެދު ސަނީ ލިއޯން ހުރީ ވަރަށް ބޮޑަށް އުފަލުންނެވެ. އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ މީ އޭނާ ދުވަހަކުވެސް އުމީދުވެސް ކުރި ކަމެއް ނޫންކަމަށެވެ. އަދި އެކަމާ އިންތިހާ އަށް އުފާ ވާ ކަމަށްވެސް ވަނީ ބުނެފައިއެވެ.
"ކެނެޑީ" ގެ ލީޑުން ފެނިގެންދާނީ ސަނީ ލިއޯނީ އާއި ރާހުލް ބަޓްއެވެ. ރާހުލް އަކީ މާ މަޝްހޫރު ނޫން އެކްޓަރެކެވެ. ނަމަވެސް އޭނާއަށް ވަނީ އަނޫރާގްގެ "ދުބާރާ" އާއި "އަގްލީ" ގެ އިތުރުން "ފިތޫރު" އާއި "ދާސް ދޭވް" އިން ވެސް ފުރުސަތު ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ