ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ކައިވެނި ކުރަން އުޅޭ ކަމަށް ނޫސްތަކުން ގެނެސްދިންތާ މާގިނަ ދުވަހެއް ނުވެ އޭނާ ގެ ހަޔާތުގެ ބައިވެރިއާ އާއި އެކުގައި ފެނިއްޖެއެވެ.
ކަރަން ޑިއޯލް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް އަޑު އަރާފައި ވަނިކޮށް ލޯބިވެރިއާ އާއި އެކު ފެނިފައި ވަނީ ވަރަށް ކެޝުއަލް ކޮންނެވެ. މިއީ މިގޮތަށް އާންމު ތަނެއްގައި ކަރަން ލޯބިވެރިޔާއާ އެކީ ފެނުނު ފުރަތަމަ ފަހަރެވެ.
ހަބަރުތަށް ބުނާގޮތުގައި ކަރަން ކައިވެނި ކުރަނީ ބޮލީވުޑަށް ނިސްބަތްވާ އާއިލާ އެއްގެ ކުއްޖަކާއެއް ނޫނެވެ. އެކުއްޖާ ގެ ނަމަކީ ޑްރިޝާ އަޗާރިއާ ކަމަށްވެއެވެ. އަދި ވަރަށް ޕްރައިވެޓް ހަފްލާއެއްގައި މިހާރު އެމީހުން ވަނީ އެންގޭޖް ކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. އަދި ވަރަށް އަވަހަށް އެމީހުން ކައިވެނި ކުރާނެ ކަމަށްވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.
އެމީހުން ކައިވެނި ވެސް ކުރާނީ އެންގޭޖްކުރި ފަދައިން ހަމަ އެކަނި އާއިލާ ގެ ހާޒިރުގައި ވަރަށް އާދައިގެ ގޮތަށް އަދި އެހާމެ ޕްރައިވެޓް ކޮން ކަމަށްވެސް ވެއެވެ.
ކޮމެންޓު ފޮނުވާ