ބޮލީވުޑްގެ މަޝްހޫރު ބަތަލާ އާލިއާ ބަޓް އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑް ގުޗީގެ އެމްބެސެޑަރަކަށް ހަމަޖައްސައިފި އެވެ.
ގުޗީގެ ގްލޯބަލް އެމްބެސެޑަރަކަށް އިންޑިޔާގެ ފިލްމީތަރި އާލިއާ ބަޓް އައްޔަން ކުރުމަކީ އެ ބްރޭންޑަށުން އިންޑިއާއަށް ކުރާ ކޮމިޓްމަންޓާއި މާކެޓެއްގެ ގޮތުގައި އިންޑިއާގެ މުހިންމުކަން އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.
ގުޗީން ލިބުނު ފުރުސަތާ އެކީ އާލިއާ ގުޗީގެ އުފެއްދުންތައް އިންޑިއާގެ އިތުރުން އިންޓަނޭޝަނަލް މާކެޓް ވެސް އިޝްތިހާރުކޮށް ޕްރޮމޯޓްކުރާނެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ގުޗީ އިވެންޓްތަކުގައި ވެސް އާލިއާ ދެން ބައިވެރިވާނެ އެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އެއް ފެޝަން ބްރޭންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ ގުޗީން ލިބުނު ފުރުސަތާ އެކީ އާލިއާވެފައި ވަނީ އެ ބްރޭންޑްގެ ގްލޯބަލް ބްރޭންޑް އެމްބެސެޑަރުކަން ލިބުނު އިންޑިއާގެ ފުރަތަމަ ސެލެބްރިޓީއަށެވެ.
އެކްޓަރު ރަންބީރް ކަޕޫރާ ކައިވެނިކޮށް މިހާރު ދަރިއަކު ވެސް އޮތް ބަތަލާ އަށް ދުނިޔޭގެ މަޝްހޫރު ފެޝަން ބްރޭންޑެއްގެ އެމްބެސެޑަރުކަން ލިބުނު އިރު، އޭނާ ވަނީ މިއަހަރުގެ މެޓްގާލާގައި ވެސް ބައިވެރިވެފައިއެވެ.
ގުޗީގެ ކްރިއޭޓިވް ޑައިރެކްޓަރު އެލެސަންޑްރޯ މިޝެލް ބުނީ އާލިއާ ބަޓް އަކީ ހަގީގީ ތަރިއެއް ކަމަށެވެ. އެއީ ފިލްމީ ތަރިއެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ އިތުރުން ފެޝަން އައިކޮނެއް ކަމަށެވެ.
އުމުރުން 30 އަހަރުގެ ބަތަލާ އަށް ދަރިއަކު ލިބުން ފަހުން ބޮޑު ސްކްރީން އިން ފެންނާނީ ޖުލައި 28 އަށް ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ކަރަން ޖޯހަރްގެ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އެވެ. މީގެ އިތުރުން މި އަހަރުގެ އޮގަސްޓްގައި އޭނަގެ އަލަތު ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ވެސް ބެލުންތެރިންނަށް ގެނެސްދޭނެ ވަނީ ނިންމައިފައިއެވެ.
ކޮމެންޓު ފޮނުވާ