މޫސުން ގޯސް: ނ.އަތޮޅުން ތ.އަތޮޅަށް ހުދު ސަމާލު!

މޫސުން ގޯސް: ނ.އަތޮޅުން ތ.އަތޮޅަށް ހުދު ސަމާލު!

Author
ޢަލީ އާދަމް
11 މެއި 2023 09:49
0

ރާއްޖޭގެ ބޮޑު ސަރަޙައްދަށް ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ލާފާކޮށްފިއެވެ.

މޫސން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ނ.އަތޮޅުން ފެށގެން ތ.އަތޮޅާ ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. މި ސަރަޙައްދަށް ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމައަށެވެ.

މީގެއިތުރުން ރާއްޖޭގެ އެހި ހިސާބުތަކަށް މިިއަދުގެ މޫސުން ގޯސްވާނެކަމަށާ، ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭކަމަށް އެއޮފީހުން ބުނެއެވެ. އަދި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާ، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
" ނ.އަތޮޅުން ތ.އަތޮޅަށް ހުދުސަމާލު " ގަމާރު ގެ މާނައަކީ ނޭނގުން. ނ.އަތޮޅުން އެއްވެސް އަޮޅަކަށް އެއްވެސް ސަމާލެއް ނުނެރެވޭނެ.