ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓެންޓެއްގެ ގޮތުގައި ހުންނެވި ކުރީގެ ނޫސްވެރިޔާ އަޒުމޫން އަހުމައު އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަން ކޮށްފިއެވެ.
އަޒުމޫން ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރި ދުވަހެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ޑެޕިއުޓީ މިނިސްޓަރުންގެ ބައިގައި އަޒުމޫންގެ ފޮޓޯއާއި ނަން ހިމަނާފައިވެއެވެ. އަޒުމޫނަކީ ޔޫތު މިނިސްޓްރީގައި މިނިސްޓަރ މަހުލޫފްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އަޒްމޫންއާ އެކު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި 8 ބޭފުޅުން އެބަތިއްބެވިއެވެ. މީގެއިތުރުން ޔޫތު މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުންވެސް ތިއްބަވައެވެ. ޔޫތު މިނިސްޓްރީއަކީ ސިޔާސީ މަޤާމުތައް އެންމެ ގިނަ އެއް މިނިސްޓްރީއެވެ. އެމިނިސްޓްރީގައި، ސިޔާސީ އެކި މަޤާމުތަކުގައި ގިނަ އަދަދެއްގެ ބޭފުޅުން ތިއްބަވައެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތައް ދުވަހެއް ދުވަހަކަށް އިތުރުވެ، ގިނަ މަޤާމުތަކަށް ބޭފުޅުން އައްޔަން ކުރަމުންދާއިރު، މިކަމުގެ ކަންބޮޑުވުން އިދިކޮފަރާތްތަކުން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ