"އަދިޕުރުޝް" ވަރަށް ވަރުގަދަ ފިލްމްއެއް

"އަދިޕުރުޝް" ވަރަށް ވަރުގަދަ ފިލްމްއެއް

Author
ފާތިމަތު ނާވީ
11 މެއި 2023 06:12
0

މިދިއަ އަހަރު ޓީޒާއެއް ދައްކައިލި ފިލްމް "އަދިޕުރުޝް" ގެ އޮފިޝަލް ޓްރެއިލާ އިއްޔެ ލޯންޗް ކޮށްފިއެވެ. މި ފިލްމް އަކީ ލީޑުން ސައުތުގެ މަޝްހޫރު އެކްޓަރު ޕަރަބާސް ފެނިގެންދާ ފިލްމްއެކެވެ.

ފިލްމްގެ ޓީޒާ އާއި އެކުގައި ވީއެފްއެކްސްގެ ފެންވަރު ދަށްކަމުން އެނިމޭޓެޑް ފިލްމަކާ ވައްތަރުކަމަށް ބުނެ އެފިލްމް އަށް ގިނަ ބަޔަކު ޖޯކުޖެހި ނަމަވެސް މިފަހަރުގެ ބެލުންތެރިންގެ ހިޔާލު މުޅިން ތަފާތެވެ.

މި ފިލްމްގެ ޓްރެއިލާ އިން ފިލްމް ވަރަށް ތަފާތު މޮޅު ގޮތަކަށް ވަނީ ދައްކައިލައިފައިއެވެ. އަދި ވީއެފްއެކސްވެސް ވަރަށް ވަރުގަދަކޮށް ގެނެސްދީފައިވާ ފިލްމް އަށްބެލުންތެރިން ވަނީ އުންމީދު އައުކޮށްފައިއެވެ.

ވީއެފްއެކްސް އާއި ހެދި މީހުން ކުރި މަލާމަތުގެ ނަތީޖާއެއް ގޮތުން ފިލްމް އެޅުވުން ފަސްކުރި ނަމަވެސް މިހާރު ފިލްްމ އަޅުވާ ތާރީހް މިވަނީ އިއުލާން ކޯށްފައިއެވެ. އަންނަ މަހުގެ 16 ގައި "އާދިޕުރުޝް" ސިނަމާތަކަށް ގެންނާނެ އެވެ.

ހިންދޫ މީތޮލޮޖިކަލް ފިލްމު އަދިޕުރުޝްގެ ލީޑު ތިން ތަރިން ކަމަށްވާ ޕްރަބާސްއާއި ސައިފް އަލީ ޚާނާއި ކްރިތީ ސެނޮން ފިލްމުގައި ފެންނާނެ ގޮތުގެ ޕޯސްޓަރު ތަކެއް ދައްކައި ސޯޝަލް މީޑިއާގައި އެކި ސިފަސިފައިގައި ފިލްމް އަންނަނީ ޕްރޮމޯޓް ކުރަމުންނެވެ.

ސައިފް މި ފިލްމުގައި ކުޅެފައިވަނީ ނުބައި މީހެއްގެ ރޯލެވެ. އަދި ހީރޯގެ ގޮތުގައި ޕްރަބާސް ފެނިގެންދާއިރު ކްރިތީ އަކީ އޭނާގެ ލޯބިވެރިޔާއެވެ. މި ތިން ތަރިންގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ސަނީ ސިންގ، ދޭވްދައްތާ ނާގޭ، ވަޓްސަލް ޝެތު، ސޯނަލް ޗޯހަން އަދި ތުރުޕްތީ ތޮރަޑްމާލް ފަދަ ތަރިން ފެނިގެންދާނެއެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އޯމް ރައުތު އެވެ. އޭނަ އަކީ 2020 ގައި އަޖޭ ދޭވްގަނާ އެކީ ކާމިޔާބު ތާރީހީ ހަނގުރާމަ ފިލްމު "ތާނާޖީ: ދި އަންސަންގް ވޮރިއާ" ގެނެސްދިން ޑައިރެކްޓަރެވެ.

ހިންދީ، ތަމަޅަ، ޓެލެގޫ، ކަންނަޑާ އަދި މަލަޔާލަމް، މި 5 ބަހުން ޑަބްކޮށް ނެރެން ހަމަޖެހިފައިވާ މި ފިލްމު،  ބަލާލައި އެއަށް ޖަޖްކުރުމަށް ބޭއްވުމަކީ މިވަގުތަށް އެންމެ އިންސާފުވެރިގޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.