ޕަރިނީތީ ސިއްރުން އެންގޭޖް ކުރީތަ؟

ޕަރިނީތީ ސިއްރުން އެންގޭޖް ކުރީތަ؟

Author
ފާތިމަތު ނާވީ
11 މެއި 2023 07:45
0

ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިއާގެ ވާހަކަތަކަކީ މި ފާއީތުވި މަހެއްގެ ތެރޭގައި އެންމެ ގަދައަށް ދެކެވޭ ވާހަކަތަކެވެ. އަދި މިދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމާއި އެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެ ކަމުގެ އަޑުތަށް ވެސް އަންނަނީ އިވެމުންނެވެ.

ކޮންމެ ދުވަހަކުވެސް މިދެމީހުންގެ ވާހަކަ ނޫސްތަކުގައި ލިޔެވެމުން އަންނަ އިރުގައި، މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކި ޕަރިނީތީ ސިއްރުން އެންގޭޖް ކުރި ވާހަކައެވެ. އަދި އޭނާގެ އަތުން އަންގޮޓިއެއް މިހާރު ފެންނަ ކަމަށްވެސް ބުނެފައިއެވެ. އަދި މި އަނގޮޓިއަކީ މީގެ ކުރިން އޭނާގެ އަތުން ފިނިފައި ނުވާ އަނގޮޓިއެއް ކަމަށް ވެއެވެ.

ރާގަވް އާއި ޕަރިނީތީ މިމަހުގެ 13 ވަނަ ދުވަހުގައި އެންގޭޖް ކުރާނެ ކަމަށް މިގެ ކުރިން މީޑިއާއިން ވަނީ ބުނެފައިއެވެ. ނަމަވެސް މިވާހަކަ ތަކަށް މި ދެމިހުން ކުރެ އެކަކުވެސް އަދި އެއްޗެއް ބުނެފައިއެއް ނުވެއެވެ. ނަމަވެސް ދެމީހުން އެކުގައި މިހާރު ވަރަށް ގިނައިން އަންނަނީ ފެންނަމުންނެވެ.

އެގޮތުން މި ފަހުން އެދެމީހުން ވަނި ޗުއްޓީ ދަތުރެއްގައި ގައުމުން ބޭރަށް ވެސް ގޮސްފައިއެވެ. އެއާޕޯޓް އިން މިދެމީހުން އެކުގައި ވަނީ ފެނިގެން ގޮސްފައިއެވެ. އަދި މި ފަހުން އައިޕީއެލްގެ މެޗެއް ބަލައިލުމަށް ދެމީހުން އެކުގައި ގޮސްހުއްޓައި ވެސް ފޮޓޯ އާއި ވީޑިއޯ ވަނީ ވަރަލްވެފައިއެވެ.

ޕަރިނީތީ، 34، އާ އެކީ ލަންޑަނުގައި ކިޔެވި ރާގަވް، 34، އަކީ އިންޑިއާގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ މެމްބަރެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.