ޝޭހެނާޒް ގެއެއް ގަނެފި

ޝޭހެނާޒް ގެއެއް ގަނެފި

Author
ފާތިމަތު ނާވީ
11 މެއި 2023 11:52
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝެހެނާޒް ކޯރު ގިލް އޭނާގެ ފުރަތަމަ ހިންދީ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ރިލީޒްކުރިތާ މާގިނަ ދުވަހެއް ނުވެ ގެއެއް ގަތްކަން އިއުލާންކޮށްފަ އެވެ.

އެ ފިލްމު ރިލީޒްކުރުމުގެ 2 ހަފްތާ ވިއިރުގައި ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 5 ކްރޯޑް އިންޑިޔާ ރުޕީސްގެ ކާމިޔާބީއެއް ލިބިފައެވެ. ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ހޯދި ފިލްމް އޮތީ އަދިވެސް އަންނަނީ ދައްކަމުންނެވެ.

މި ފިލްމް އަކީ ޝެހެނާޒްގެ އަލަތު ފިލްމްއެވެ. ޝެހެނާޒް އާއި އެކު ފިލްމް އިން ބޮޑު ކާސްޓެއް ފެނިގެން ދިއައ އިރުގައި ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ ސްޕަސްޓާރު ސަލްމާން ހާން އާއި ޕޫޖާ ހޭގްޅޭއެވެ. ސަލްމާން އާއި ޝެހެނާޒް އަކީ ވަރަށް ގާތް ދެމީހުންނެވެ.

ބަތަލާ އިންސްޓަގްރާމް ސްޓޯރީތަކުގައި ވަނީ އޭނާގެ އާ ގެއަށް މަރުހަބާ ކިޔަމުން ދިޔަ ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާގެ ފޭނުންގެ ތަހުނިޔާ ކާޑުގެ ފޮޓޯތައް ހިއްސާކޮށްފަ އެވެ.

ޝެހެނާޒް އައު ގެއެއް ގަނެފައިވާއިރު، މިހާރު އޭނާ ދިރިއުޅެނީ މުމްބާއީގެ އެޕާޓްމަންޓެއްގައެވެ. ފިލްމް އަކުން އޭނާ ބޮލީވުޑްއަށް ތައާރަފް ވި ނަމަވެސް މީގެ ކުރިން އޭނާ ވަނީ އޭނާ ނިސްބަތްވާ ޕަންޖާބްގެ ބައެއް ފިލްމް ތަކުގައި މަސައްކަތް ކޮށްފައިއެވެ.

"ބިގް ބޮސް" އިން ލިބުނު މަޝްހޫރުކަމަށްފަހު ޝެހެނާޒް އަންނަނީ އަމިއްލަ ޓޯކް ޝޯވ އެއްވެސް ހުށަހަޅަމުންނެވެ. " ދޭސީ ވައިބްސް ވިތް ޝެހެނާޒް ގިލް" ޝޯވގައި މެހެމާނުންގެ ގޮތުގައި ކޮންމެ ހަފްތާއެއްގައިވެސް ހިންދީ ފިލްމު އިންޑަސްޓްރީގެ މަޝްހޫރު ފަންނާނުން މެހެމާނުންގެ ގޮތުގައި ބައިވެރިވަމުންދެއެވެ. މީ ވަރަށް މަގުބޫލު ޝޯވ އެކެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.