ބޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ކަރީނާ ކަޕޫރު ފަގީރަކާއި ސަލާން ކުރަން ދެކޮޅުހަދާ ވީޑީއޯއެއް ވައިރަލް ވުމާއި އެކުގައި ގިނަ ބަޔަކު މަލާމާތް ކުރަން ފަށައިފިއެވެ.
މިކަން ހިނގާފައިވަނީ އާދިއްތަ ދުވަހު ކަރީނާ އޭނާގެ ފިރިމީހާ ސައިފް އަލީ ހާން އާއެކު ރެސްޓޯރަންޓަކަށް ކާން ދިޔަ ވަގުތުއެވެ. އޭނާ ކާރުން ފައިބައިގެން ހިންގައި ގެންތަނާ ހެން އަންހެނަކު އޭނާ ކައިރިއަށް ދެއެވެ.
އަދި ސަލާން ކުރުމަށް އެދެމުން ދިއައެވެ. ނަމަވެސް ކަރީނާ އެމީހާ އާއި ދުރަށް ދެވޭތޯ މަސައްކަތް ކުރެއެވެ. އަދި ކަރީނާގެ ބޮޑީގާޑް އައިސް އެމީހާ ދުރުކުރާތަން ވެސް ފެނެއެވެ.
މިވީޑިއޯ އާންމުވުމާއި އެކު ގިން ބަޔަކު ވަނީ ކަރީނާ އަށް މަލާމާތް ކޮށް އެއްޗެހި ކިޔައިފައިއެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ އޭނާ ގެ ހުރި ފޮނިކަން ކަމަށް ބުނެ ވަރަށް ހުތުރު އެއްޗިސްވެސް ކިޔައިފައިއެވެ.
ކޮމެންޓު ފޮނުވާ