"ނީޔަތު" ޖުލައި މަހު

"ނީޔަތު" ޖުލައި މަހު

Author
ފާތިމަތު ނާވީ
10 މެއި 2023 12:55
0

ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ވިދިޔާ ބާލަންގެ އާ ފިލްމު "ނީޔަތު" ޖުލައި މަހު ސިނަމާތަކަށް ގެންނަން ނިންމައި އޭގައި ޕޯސްޓަރު ވެސް އާންމުކޮށްފި އެވެ.

އަބުންދަންތިއާ އެންޓަޓައިންމަންޓާއި އެމެޒޯން ޕްރައިމް ވީޑިއީ ގުޅިގެން ހަދާފައިވާ "ނީޔަތު" ބެލުންތެރިންނަށް ދޫކޮށްލަން ނިންމީ ޖުލައި 7 ގަ އެވެ. މި ފިލްމް އަކީ މާޑާ މިސްޓްރީއެއް ގެ މައްޗަށް ބިނާކޮށް ހަދައިފައިވާ ފިލްމްއެކެވެ.

މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރާމް ކަޕޫރު، ރާހުލް ބޯސް، ނީރަޖް ކަބީ، ޝަހާނާ ގޯސްވާމީ، އަމްރިތާ ޕޫރީ، ދީޕަންނީތާ ޝަރުމާ، ނިކީ ވާލިއާ، ޝަޝަންކް އަރޯރާ، ޕްރަޖަކްތާ ކޯލީ އަދި ދާނިޝް ރާޒްވީ ހިމެނެ އެވެ.

އެންމެ ފަހުން ވިދްޔާ ފެނިގެންދިއައީ މިދިއަ އަހަރުގެ މާޗް މަހުގައި ރިލީޒް ކުރި ފިލްމް "ޖަލްސާ" އިންނެވެ. މި ފިލްމް ގައި ވިދްޔާ އާއި އެކުގައި ފެނިގެންދިއައީ ޝެފާލީ ޝާހް އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.