ކަލާސް ޗެނަލް އިން ގެނެސްދޭ ކާމިޔާބު ރިއަލިޓީ ޝޯވ ""ހަތުރޯން ކޭ ކިލާޅީ" ގެ 13ވަނަ ސީޒަން ޖުލައި 17 ގައި ގެނެސްދިނުމަށް ނިންމާފައިވާ އިރު މި ސީޒަން ގެ ބައިވެރިން ކަށަވަރުވެއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގައި ޝޫޓްކުރާ ސްޓަންޓް ރިއަލިޓީ ޝޯ މި ފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ.
ކޮންމެ އަހަރުވެސް ވަކި ގައުމަކުން ނުވަތަ އިންޑިއާއިން ބޭރުން ގެނެސްދޭ މި ޝޯ ވެސް ގެނެސްދިނުމަށް ނިންމާފައި ވަނީ ދެކުނު އެފްރިކާގެ ކޭޕް ޓައުނުންނެވެ. ފާއިތުވި ދެ އަހަރު ވެސް ޝީ ގެނެސްދީފައި ވަނީ އެ ގައުމުގެ ކޭޕް ޓައުންއިންނެވެ.
މި ފަހަރުގެ ޝޯ ޝޫޓިން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ޝޯ އަކީ އަބަދުވެސް އިންޑިއާގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު މޫނުތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ޝޯއެކެވެ.
މި ފަހަރުގެ ސީޒަންގައި ވެސް މަޝްހޫރު ޓީވީ ސެލެބްރިޓީންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ދާދި ފަހުން ސްޓާ ޕްލަސްގެ ސިލްސިލާ "ގުމް ހެ ކިސީ ކޭ ޕިޔާރު މޭ" ގައި ޕާކީގެ ރޯލު ނިމުމަކަށް އައި އައިޝްވާރިއާ ޝަރުމާ އާއި އެކްޓަރު އަރިޖިތު ތަނޭޖާ އާއި ރޯހިތު ރޯއި އާއި "ބިގް ބޮސް 16″ ގައި ވާދަކުރި ޝިވް ތާކްރޭ އާއި އަރްޗަނާ ގޯތަމާއި ޝީޒާން ޚާނާއި ރޫހީ ޗަތުރަވެދީ އާއި އަންޖުމް ފާކިހް އާއި ޑީނޯ ޖޭމްސް އާއި ނައިރާ ބެނަޖީ އާއި އަންޖަލީ އާނަންދު އަދި ސައުންދަސް މުފާކިރާ ހިމެނެ އެވެ.
މިދިޔަ އަހަރު ގެނެސްދިން "ހަތުރޯން ކޭ ކިލާޅީ" ގެ އެންމެ ފަހުގެ ސީޒަން ކާމިޔާބުކޮށްފައި ވަނީ ކޮރިއޮގްރާފަރެއް ކަމަށްވާ ތުޝާރް ކާލިއާ އެވެ.
ކޮމެންޓު ފޮނުވާ