ކޮންސެޓެއްގެ ތެރެއިން އަރިޖިތު އަށް އަނިޔާ ވެއްޖެ

ކޮންސެޓެއްގެ ތެރެއިން އަރިޖިތު އަށް އަނިޔާ ވެއްޖެ

Author
ފާތިމަތު ނާވީ
10 މެއި 2023 06:15
0

ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއާ އަރިޖީތް ސިންގް އަށް ކޮންސެޓެއްގެ ތެރެއިން އަނިޔާ ވެއްޖެއެވެ. ކާމިޔާބު އެތަށް ވަލައެއް ކިޔައިފައިވާ ފަންނާނަށް އަނިޔާވީ އަތަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި މަހާރަސްތްރާގެ އޯރަންގްއާބާދުގައި ބޭއްވި ލައިވް ކޮންސެޓުގެ ތެރެއިން އަރިޖިތުގެ އަތަށް ވަނީ އަނިޔާވެފަ އެވެ.

އޭނާ އަތަށް އަނިޔާވީ ދެ ލަވަ ދޭތެރެއިން އެއްވެފައި ތިބި ސަޕޯޓަރުންނާއި ސަލްމާން ކުރަނިކޮން އެތަނުން އެއް ސަޕޯޓަރަކު މާބާރަށް އޭނާ އަތަށް ދަމައިގަތުމާއި ގުޅިގެންނެވެ. އަދި އެއާއި އެކު އޭނާ ވަނީ އަތަށް ތަދުވާ ކަމަށް ބުނެ ދޫކޮށްލުމަށް ވެސް އެދިފައއެވެ.

އެކަން ހިނގައިދިއަ ގޮތުގައި ވީޑިއޯ ތަކެއްވެސް ވަނީ ވައިރަލް ވެފައިއެވެ. މި ހާދިސާ އަށް ފަހު އަރިޖީރު ވަނީ ހޮސްޕިޓަލް އަށް ގެންގޮސް ފަރުވާ ވެސް ދީފައިއެވެ. އަދި އޭނާ މިހާރު ދޫކޮށްލައިފައިވާ ކަމަށް ވެއެވެ. އަދި މާ ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށްވެސް ބުނެފައިއެވެ.

އަރިޖިތު މިހާރު އަންނަނީ އިންޑިއާގެ އެކި ސަރަހައްދުތަކުގައި ކޮންސެޓު ތަކެއް ދެމުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.