ކޮންމެ އިންސާނަކީ ވެސް ކޮންމެވެސް ސިފައެއްގައި ކޮންމެވެސް އެއްޗެއް ނުވަތަ ކަމެއްދެކެ ބިރު ގަންނަކަމެކެވެ. ބިރަކީ އިންސާނީ ތިބީއަތުގައި ލައްވައިފައިވާ ކަމެކެވެ.
އެހެން ކަމުން ބިރަކީ ވަކި މީހަކަށް ހާއްސަ އެއްޗެއް ނޫނެވެ. ތަންތަނުގެ ވެރިންނާއި ގައުމުތަކު ރައިސުންނާއި މަތީ މަގާމުތަކުގެ މީހުންނާއި މުއްސަދިންނާއި ފަގީރުން ވެސް ކޮންމެވެސް ސިފައެއްގައި ބިރު ގަންނާނެއެވެ.
ބޮލީވުޑްގެ ކިންގް ހާން ނުވަތަ މޯސްޓް ވޯންޓެޑް ބެޗްލާގެ ގޮތުގައި މަޝްހޫރު ސްޕަސްޓާރު ސަލްމާން ހާން ވެސް ބިރުގަންނަ ކަމެއް އޮވެއެވެ. ސެކިއުރިޓީ ފައުޖު ތަކާއި އެކުގައި އަބަދުވެސް އުޅެމުން އަންނަ ސަލްމާން ވެސް ބިރު ގަނޭހޭ ހިތަށް އަރައިފާނެއެވެ. އާނއެކެވެ. ސަލްމާން ބިރު ގަންނަ ކަމެއް އެބައޮތެވެ.
އެއީ ޗްލެތްރޯ ފޯބިއާ އެވެ. މިއީ ބަންދު ތަނެއްގައި ތާށިވެދާނެކަމުގެ ބިރުހީވުމެވެ. އެއާއެކު ލިފްޓު ފަދަ ތަންތަނާއި ބަންދުކޮށްފައި ހުންނަ ވައި ނުލިބޭ ފަަދަ ތަންތަނަކީ ސަލްމާނު އެންމެ ދާން ބޭނުންނުވާ ތަންތަނެވެ. އަދި އެފަދަ ތަންތަނުގައި އުޅެން ސަލްމާން އެއްވެސް ގޮތަކަށް ބޭނުމެއް ނުވެއެވ.
ސެކިއުރިޓީ ކިތަންމެ ވަރުގަދައަސް އޭނާ ގެ މި ބިރު ފިލުވައިލެވޭ ގޮތެއް ނުވެއެވެ. އެހާ ބޮޑޫ ސްޓާރެއް އަދި އެހާ ހައި ސެކިއުރިޓީގައި އުޅެމުން އަންނަ ތަރިއެއް ވެސް ބިރު ގަންނަ ކަމެއް އޮވެދާނެ ކަން މިކަމުން އެބަ ހާމަ ކޮށްދެއެވެ.
ކޮމެންޓު ފޮނުވާ