އެމްއާރްއެމްގެ ވަގުތީ ތަރުޖަމާނުކަމަށް ޕާޓީގެ އެސްޖީ ޢަބްދުލްއަލީމް ހަމަޖައްސައިފި

އެމްއާރްއެމްގެ ވަގުތީ ތަރުޖަމާނުކަމަށް ޕާޓީގެ އެސްޖީ ޢަބްދުލްއަލީމް ހަމަޖައްސައިފި

Author
އަޒްފާ ރަޝީދު
08 މެއި 2023 05:07
0

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ތަރުޖަމާނުގެ މަގާމަށް ވަގުތީ ގޮތުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ޢަބްދުލްއަލީމް އާދަމް ހަމަޖައްސައިފިއެވެ.

އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ތަރުޖަމާނުގެ މަގާމަށް ވަގުތީ ގޮތުން އެސްޖީ އަބްދުލް އަލީމް ހަމަޖެއްސީ ތަރުޖަމާނުގެ މަގާމުގައި ހުންނެވި އިސްމާޢީލް ނާއިލް ނަޝީދު ޕާޓީން އިސްތިއުފާ ދެއްވުމުންނެވެ.

އެމްއާރްއެމްއިން މިރޭ ވަނީ ނާއިލް ހިމެނޭހެން އެ ޕާޓީގެ އެކްސްކޯގެ 8 މެންބަރަކު ޕާޓީން ވަކިވިކަން އިއުލާނުކޮށްފައެވެ.

އެމްއާރްއެމްއިން ވަކިވި ބޭފުޅުން:

1- ޝަޒައިލް ޝިޔާމް: ޕާޓީގެ ނައިބު ރައީސް އަދި މޯލްޑިވް ގޭސްގެ މެނޭޖިން ޑައިރެކްޓަރު.

2- މުޙައްމަދު ރާއިދު: ޕާޓީގެ އެކްސްކޯ މެންބަރު އަދި އެމްއައިޓީޑީސީ މެނޭޖިން ޑައިރެކްޓަރު.

3-ތަޒްމީލް އަބްދުލް ޞަމަދު އެމްޓީޑީސީގެ މެނޭޖިންގ ޑައިރެކްޓަރު.

4- އިބްރާހީމް ފަރުހަދު: ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް އަދި ސީނިއަރ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓަރ މިނިސްޓްރީ އޮފް ޓޫރިޒަމް.

5-އިސްމާއިލް ނާއިލް ނަޝީދު: ޕާޓީގެ ސްޕޯކސް ޕަރސަން އަދި ޑައިރެކްޓަރ ކޮމިނިއުކޭޝަންސް މިނިސްޓަރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް.

6- މުޙައްމަދު ފައިސަލް: ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ

7- އަބްދުލްޙަމީދު އަޙްމަދު: ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރ މިނިސްޓަރީ އޮފް ފިޝަރީޒް މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ.

8-ހަސަން ހައްޔާން އަޙްމަދު: އެކްސްކޯ މެންބަރު.

އެމްއާރްއެމްގެ އެގްޒެކެޓިވް ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޕާޓީގެ އެކްސްކޯއިން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އިންތިޚާބުކުރުމަށް އިއުލާން ކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.