ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެ

ގުޅުންހުރި

ކޮވިޑް 19 ގައި އަނެއްކާވެސް ރާއްޖެއިން މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ކޮވިޑު ޖެހުނު އިތުރު މީހަކު މިިދިޔަ ހަފުތާގައި ވަނީ ނިޔާވެފައެވެ. އޭގެ ކުރީ ހަފުތާގައި ދެ މީހަކު ވަނީ ނިޔާވިއެވެ.

އެހެންކަމުން ރާއްޖެއިން ކޮވިޑު ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 314 އަށް އަރައިފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގައި އިތުރު 91 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ރާއްޖެއިން މިހާތަނަށް 186526 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑް ޖެހިގެން މިހާރުވެސް 16 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ