ބޮލީވުޑްގެ ފިލްމް ތަކަށް ރީތި ލަވަތަކެއް ކިޔައިދީފައިވާ މަޝްހޫރު ލަވަކިއުތެރުއާ ޝާން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެއްޖެއެވެ.
ޝާން ބޮލީވުޑް އަށް ތައާރަފް ވަނީ ޑައިރެކްޓަރު ޕާޕާ ރާއޯ އުފައްދާ މިއުޒިކަލް ފިލްމު "މިއުޒިކް ސްކޫލް"އެވެ. މި ފިލްމްގެ ޓްރެއިލާ ވެސް މިހާރު ވަނި ދައްކައިލައިފައިއެވެ.
މި ފިލްމް އަކީ ވަރަށް ބޮޑަށް މިއުޒިކް އާއި ގުޅުން ހުރި ފިލްމް އެއް ކަމުން ގިނަ ރީތީ ލަވަ ތަކެއްވެސް ހިމެނޭ ފިލްމްއެކެވެ. މިފިލްމް ގެ ލަވައެއްގެ މަސައްކަތް ޝާން ވަނީ ކޮށްފައިއެވެ. ނަމަވެސް އޭނާ ބުނީ އެލަވަ ތައްޔާރު ކުރަން މަސައްކަތް ކުރި އިރުގައި އެފިލްމް އިން ފުރުސަތެއް ލިބިދާނެ ކަމަކަށް އުންމީދު ނުކުރާ ކަމަށެވެ.
މި ފިލްމް އަކީ މިއުޒިކަލް ޑްރާމާއެކެވެ. މި ފިލްމްގައި ޖުމްލަ 11 ލަވަ ހިމެނެއެވެ. މީ ފަދަ ގޮތަކަށް އިންޑިއާގައިގެނެސް ދޭ ފުރަތމަ ފިލްމްއެވެ. މި ފިލްމް މިމަހުގެ 12 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ވަނީ ހަމަޖެހިފައިއެވެ.
ޔާމިނީ ފިލްމްސް ގެ ތަތްގަނޑުގައި ނެރުމަށް ހަމަޖެހިފައވާ މި ފިލްމް ބިނާ ވެފައިވަނީ " އަކީ މުޖުތަމައުއާއި ބެލެނިވެރިންނާއި މުދައްރިސުން ޒުވާން ދަރިވަރުންނަށް ކުރިމަތިވާ ޢިލްމީ ޕްރެޝަރުގެ ސަބަބުން އިތުރު ހަރަކާތްތަކުން ކުދިން މަހުރޫމުވުމުން ދަރިވަރުންނަށް ކުރާ ނޭދެވޭ އަސަރުގެ މައްޗަށެވެ.
ގިނަ އަދަދެއްގެ ޗައިލްޑް އާޓިސްޓުން ވެސް ހިމެނޭ މި ފިލްމްގައި ޝާންގެ އިތުރުން ލީޑް ރޯލްއިން ފެންނަ ތަރިންގެ ތެރޭގައި އެކްޓަރު ޝަރްމަން ޖޯޝީ، ބަތަލާ ޝްރިޔާ ސަރަން އަދި ޕްރަކާޝް ރާޖް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ