"ރުސްލާން" ޓްރެއިލާ ދައްކައިލައިފި

"ރުސްލާން" ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
08 މެއި 2023 06:57
0

ބޮލީވުޑްގެ ޒުވާން އެކްޓަރު އަދި ސަލްމާން ހާން ގެ ޅިޔަނު އަޔޫޝް ޝަރްމާ ގެ ކުރިއަށް އޮތް ފިލްމް "ރުސްލާން" ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކައިލައިފިއެވެ.

މިހާރު ޕޯސްޓް ޕްރޮޑަކްޝަންގެ މަރުހަލާގައި އޮތް ފިލްމް އަކީ ވަރުގަދަ އެކްޝަން ފިލްމްއެކެވެ. މި ފިލްމްގެ ތްރެއިލާއިން ވެސް ފިލްމް އަކީ ވަރަށް ވަރުގަދަ އެކްޝަން ފިލްމް އެއްކަން ހާމަވެގެން ދެއެވެ.

 

View this post on Instagram

 

A post shared by Aayush Sharma (@aaysharma)

ސްރީސަތިޔާސައި އާޓްސްގެ ބެނާގެ ދަށުން ކޭކޭ ރާދަމޯހަން ޕްރޮޑިއުސްކުރާ މި ފިލްމަކީ ކަތިޔާން ޝިވްޕޫރީ ޑައިރެކްޓްކޮށްފައިވާ ފިލްމް އެކެވެ. "ރުސްލާން" ރިލީޒްކުރަން ހަމަޖެހިފައި ވަނީ 2023 ގަ އެވެ.

މި ފިލްމް އިން ބޮލީވުޑްއަށް އައު ތަރި އަކު ލިބިގެން ދާނެއެވެ. އެގޮތުން ސުޝްރީ މިޝްރާ މި ފިލްމް އިން ބޮލީވުޑް އަށް ތައާރަފް ވާނެއެވެ. އިތުރުން ސައުތު ތަރި ޖަގަޕަތީ ބާބޫ އާއި "ޗަކް ދޭ އިންޑިއާ" އިން ވިދާލި ވިދްޔާ މަލަވަޑޭ ވެސް މުހިއްމު ރޯލުތަކުން ފެންނާނެ އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.