ބޮލީވުޑްގެ އެކްޓަރު އަޔޫޝް ޝަރްމާ ގިނަ ބަޔަކު ދަންނަނީ އޭނާ ކުޅެފައިވާ ފިލްމުތަކުގެ ސަބަބަކުން ނޫނެވެ. އެންމެން ވެސް އޭނާ ދަންނަނީ މަޝްހޫރު ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ޚާންގެ ޅިޔަނުގެ ގޮތުގަ އެވެ.
ސަލްމާންގެ ކޮއްކޮ އަރުޕިތާ ހާން އާއި އަޔޫޝް ކައިވެނި ކުރީ 2014 ވަނަ އަހަރުގައިއެވެ. އެމީހުން ނަށް ވަނީ ދެކުދިން ވެސް ލިބިފައިއެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ.
އަޔޫޝް އަކީ ދުރު ދުރަށް ދަންދެންވެސް ފިލްމީ ދާއިރާ އާއި ގުޅުން ހުރި މީހެއް ނޫނެވެ. ނަމަވެސް ކައިވެންޏަށް ފަހު އޭނާ ބޮލީވުޑް އަށް ތައާރަފްވީ ސަލްމާން ހާން ޕްރޮޑިއުސް ކުރި "ލަވްޔާތުރީ" އިންނެވެ. އެކަމާއި ގިން ބަޔަކު އޭނާ އަށް ފާޑު ކިޔައެވެ.
ގިނަ މީހުން ގަބޫލު ކުރާގޮތުގައި އަރްޕިތާ އާއި އޭނާ ކައިވެނިކުރީ އެކްޓަރަކަށް ވާން ފުރުސަތު ހޯދަން ކަމަށެވެ. އަރްޕިތާ ދެކެ ލޯބިން ނޫން ކަމަށެވެ. ނަމަވެސް މިވާހަކަތަށް އަޔޫޝް ދޮގު ކުރެއެވެ.
އަޔޫޝް އާއި އަރްޕިތާއާ އެކު ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން ވަރަށް ގިނަ ބަޔަކު އަރްޕިތާ އާއި އޭނާއަށް މަލާމާތްކުރެ އެވެ. ޚާއްސަކޮށް އަރްޕިތާ އަށް އަބަދުވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ އެވެ. އެއީ އޭނާގެ ހަމުގެ ކުލަ ކަޅު ކަމުންނާއި ހުންނަލެއް ފަލަ ކަމުންނެވެ. އަޔޫޝް ބުނި ގޮތުގައި އޭނާގެ އަންހެނުން އަރްޕިތާގެ ސިފަޔަށް ފާޑުކިއުމަކީ ސޯޝަލް މީޑިއާގައި މީހުން އަބަދާ އަބަދު ކުރަމުންދާ ކަމެކެވެ.
"އޭނާގެ ގައިގެ ހަންގަނޑު ކަޅުކަމުން، އޭނާ މާ ފަލަކަމުން އަދި އޭނާ އަޅާ ހެދުމަށް އަބަދާ އަބަދު މީހުންގެ މަލާމާތާ ރައްދުވޭ. ނަމަވެސް އަހަރެން އަރްޕިތާއާ މެދު ފަޚުރުވެރިވަން. އޭނާއަކަށް އަދި އަހަންނަކަށް ވެސް އޭނާގެ ސިފައާ މެދު މައްސަލައެއް ނެތް،" އަޔޫޝް ބުންޏެވެ. އަޔޫޝް ބުނި އަންހެނުން ނަށް އެކަހަލަ މަލާމާތް ކުރާތީ އިންތިހާ އަށް ދެރަވާ ކަމަށެވެ. އަދި އެމީހުން އުޅެނީ ވަރަށް އުފާވެރި ދިރިއުޅުމެއް ކަމަށާއި އެކަކު އަނެއްކަކު ދެކެ ވަރަށް ލޯބިވާކަމަށެވެ.
އަޔޫޝް ބުނީ އަރްޕިތާ އަކީ ފިލްމް ކުޅުމަށް ޝައުގު ހުންނަ މީހެއް ނޫން ކަމަށާއި އޭނާ އަކީ ކެމެރާ އަށް ދުވަހަކުވެސް ކުރިމަތިލީ މީހެއް ނޫން ކަމަށެވެ. އަދި މީހުން އެހާ މަލާމާތް ކުރަނީ ކީތްވެކަން ހުދު އަރްޕިތާ އަށް ވެސް ނޭގޭ ކަމަށް އަޔޫޝް ވަނީ ބުނެފައިއެވެ. ނަމަވެސް އަބަދުވެސް ނޫސްވެރިން އޭނާ ފަހަތުން އުޅެއެވެ. އެއީ ސަލްމާންގެ ކޮއްކޮ އަށް ވީމައިއެވެ.
އަރްޕިތާ އަކީ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާން އާއި އޭނާގެ ދެވަނަ އަނބި އަދި ކުރީގެ މަޝްހޫރު ނެށުންތެރިޔާ ހެލަން އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ. ނަމަވެސް އެއާއިލާ އިން އަރްޕިތާ އާއި އެހެން ކުދިންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅެއެވެ.
ކޮމެންޓު ފޮނުވާ