ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް އާއި އެކްޓަރު ވިކީ ކޯޝަލް ކައިވެނި ކުރީ 2021 ވަނަ އހަރުގައިއެވެ. ކައިވެންޏަށް ފަހު ދޭތެރެ ދޭތެރެއިން އޭނާ ބަނޑުބޮޑު ކަމަށް މީޑިއާއިން ހަބަރު ފަތުރައެވެ. ނަމަވެސް ކެޓުރީނާ އާއި ވިކީގެ ފަރާތުން މި ވާހަކަތަކަށް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެ އެވެ.
39 އަހަރުގެ ބަތަލާގެ ވަރަށް ގާތް ބަޔަކާ ހަވާލާދީ އީ-ޓައިމްސް އިން ބުނީ ކެޓްރީނާ ދަރިއަކު ހޯދަން ޕްލޭންންކޮށްފައި ވާކަމަށެވެ. ނަމަވެސް އޭނާ ގެ ކުރިއަށް ހުރި މަސައްކަތް ތަކަށް ފަހު އެމީހުން ދަރިއަކު ހޯދާނެ ކަމަށް ބެލެވޭ ކަމަށް ވަނީ ބުނެފައިއެވެ.
އެހެން ކަމުން ކެޓްރީނާ މިދިޔަ އަހަރު ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު ސްރީރާމް ރަގްވަންގެ "މެރީ ކްރިސްމަސް" އާއި ޑައިރެކްޓަރު ފަރުހާން އަޙްތަރުގެ "ޖީ ލޭ ޒަރާ" ގެ ޝޫޓިން އެއްކޮށް ނިންމާފައި ނޫނީ އޭނާ ދަރިއަކު ނުހޯދާނެއެވެ.
މިވަގުތު ކެޓުރީނާ ވަރަށް ބިޒީކޮށް ޝޫޓްކުރަމުންދަނީ ސަލްމާން ޚާން ލީޑް ރޯލު ކުޅޭ "ޓައިގާ 3″ އެވެ. އެފިލްމް އަކީ މިއަހަރުގެ އީދު ގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ ފިލްމްއެކެވެ. މީ ކަިއވެނީގެ ފަހުން ކުރީގެ ލޯބިވެރިއާ އާއި އެކުގައި ކެޓްރީނާ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ.
އަދި އޭގެ ފަހުން "މެރީ ކްރިސްމަސް"ކިޔާ ފިލްމެއް ސައުތު އިންޑިޔާ އެކްޓަރު ވިޖޭ ސެތުޕަތީ އާއެކު އޭނާ އަންނަނީ ކުޅެމުންނެވެ. އަދި މިހާރު ފިލްމްގެ ޝޫޓިން ވެސް އޮތީ ފަށައިފައިއެވެ.
ދެންވެސް އޮތީ ހަމަ އެހާމެ އުންމީދީ ޕްރޮޖެކްޓްއެކެވެ. އެއީ ފަރްހާން އަޚްތަރުގެ "ޖީ ލޭ ޒަރާ" އެވެ. ކެތްރީނާ ވަނީ އެފިލްމް ކުޅެން ވެސް އެއްބަސްވެފަ އެވެ. މިއީ ޕްރިޔަންކާ ޗޯޕްރާ އާއި އާލިއާ ބަޓް އާއެކު އޭނާ ކުޅެން ހަމަޖެހިފައިވާ ފިލްމެވެ. އަދި ކެޓުރީނާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ ފަހުން އޭނާ ޝޫޓްކުރަން ހަމަޖެހިފައިވާ ފިލްމު ވެސް މެއެވެ.
ކޮމެންޓު ފޮނުވާ