ތުރުކީގެ މަޝްހޫރު ސްޓާރު ބުރާކް ޑެނިޒް އިންޑިއާއަށް ކުރި ދަތުރުގައި އިންޑިއާގެ ބައެއް ފަންނާނުންނާއި އެތަނުގެ ތަންތަނަށް ޒިޔާރަތް ކޮށްފިއެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މުމްބާއީގައި ބޭއްވި ފިކީ ފްރޭމްސްގެ 23 ވަނަ އެޑިޝަންގައި ބުރާކް ވަނީ ތަޖުރިބާކާރު އެކްޓަރު އަނިލް ކަޕޫރު އަދި އަދިތިޔާ ރޯއި ކަޕޫރާ ބައްދަލުކޮށްފަ އެވެ.
މީގެ އިތުރުން އޭނާ އަންނަނީ އންޑިއާގައި ތިބި އޭނާގެ ފޭނުންނާއި ބައްދަލުކޮށް ފޮޓޯ ނަގަން ފުރުސަތު ދެމުންނެވެ. އަދި މި ދަތުރުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެގޮތުން މި ފަހުން ވަނީ ހިންދީލަވައަކަށް އޭނާ ބޯހުރުވަމުން ދާ ވީޑީއޯއެއް ވެސް ވައިރަލް ވެފައިއެވެ. އަދި އިންޑިއާގެ މަގުމަތީގެ ފޮޓޯ ތަކެއްވެސް އޭނާ ވަނީ ހިއްސާ ކޯށްފައިއެވެ.
His story 🤧♥️ …Plsss He's not leaving India anytime soon 😂😂#BurakDeniz #FICCIFRAMES2023 pic.twitter.com/lPMu7Ht4Wk
— Saarah🌼🌼🌼 (@DaisySaarah) May 4, 2023
ބުރާކް މަޝްހޫރުވެފައިވަނީ "ހަޔާތް" އާއި "ޝާހްމާރަން" ފަދަ ޕްރޮޖެކްޓްތަކުގައި އޭނާ ދެއްކި ކުޅަދާނަ އެކްޓުގެ ސަބަބުންނެވެ. އޭނާ އަކީ މިހާރު ތުރުކީގެ ނަން މަޝްހޫރު އެކްޓަރެކެވެ.
ނަމަވެސް ބުރާކް ގެ މި ދަތުރާއި ބެހޭގޮތުން މިހާތަނަށް މާގިނަ މައުލުމާތެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ. މީ އޭނާ އިންޑިއާ އަށް ކުރި ފުރަތަމަ ދަތުރެވެ. ބައެއް ނުސްތަކުން ބުނާގޮތުގައި އޭނާ އިންޑިއާގައި ފިލްމީ ދާއިރާ އާއި ގުޅޭ ބައެއް މަސައްކަތްތަށް ކުރާނެއެވެ.
ކޮމެންޓު ފޮނުވާ