ބޮލީވުޑްގެ ކުރީގެ ބަތަލާ ސްރީދޭވީ ގެ ދޮށީ އަންހެން ދަރިފުޅު ޖާންވީ އަކީ މިހާރު ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ޒުވާން ތަރިއެކެވެ. އޭނާ ބޮލީވުޑްއަށް ތައާރަފްވީ 2018 ވަނަ އަހަރުގެ ފިލްމް "ދަޅަކް" އިންނެވެ.
ޝްރީދޭވީ ވަނީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގައި ދުބާއީގެ ހޮޓަލެއްގެ ބާތު ޓަބެއްގައި ހިނގި އެކްސިޑެންޓެއްގައި ގެނބިގެން މަރުވެފަ އެވެ.

ޖާންވީ ބޮލީވުޑް އަށް ތައާރަފްވީ ހަމަ އެ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގައި ރިލީޒް ކުރި ފިލްމް "ދަޅަކް" އިންނެވެ. އަދި އަލަތު ފިލްމް ރިލީޒް ކުރި އިރު އޭނާގެ މަންމަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސް ކުރިއެވެ. އަދި ސްރީދޭވީގެ ކުއްލި ވަކިވުން ޖާންވީއަށް ވީ ބަރުދާސްތު ކުރަން ދަތިވި ވޭނަކަށެވެ.
ނަމަވެސް އޭނާގެ އާއިލާގެ މީހުންނާއި ފިލްމު އިންޑަސްޓްރީގައި ތިބި ހެޔޮއެދޭ މީހުންގެ އެހީތެރިކަމާއެކު ޖާންވީ ދިރިއުޅުމައިގެން ކުރިއަށް ދިޔަ އެވެ. އެކަމަކު މަންމަގެ ހަނދާންތައް އަބަދުވެސް އޭނާއަށް އުދަނގޫ ކުރެ އެވެ.
ނަމަވެސް ޖާންވީގެ ހިތުން އަދި އަދަށް ދަންދެންވެސް އޭނާގެ މަންމަ ހިޔާތުލަކާއި ދުރަކަށް ނުދެވެއެވެ. މިއަދާ ހަމައަށް ވެސް އޭނާ މަންމަ ދެކެ ވާ ލޯބީ އަންނަނީ އެކި ގޮތްގޮތުން ހާމަ ކުރަމުންނެވެ.
އެގޮތުން މި ފަހުން އޭނާ ކާރަށް އަރަން ދަނިކޮން ޕަޕަރާޒީން ވަނީ އޭނާ ވަށައިލައިފައިއެވެ. އަދި ފޮޓޯ ނަގަމުން ދަނިކޮން އޭނާ ބާރު ހިންގުމުގައި ގޮސް ކާރަށް އަރައި ފޯނު ޖާޖަރަށް ޖެހުމާއި އެކުގައި ދިއްލިފައިވާ ފޯނު ގިން ބައެއްގެ ކެމެރާގައި ވަނީ ރައްކާ ކުރެވިއެވެ.
އެފޯނުގެ ޑިސްޕްލޭ އިން ފެނިގެން ދިއައީ ޖާންވީ ކުޑައިރުގައި އޭނާގެ މަންމަ އާއި އެކުގައި ނަގައިފައިވާ ލޯބި ފޮޓޯއެކެވެ.

މީގެ ކުރިން އެކި އިންޓަވިއު ތަކުގައި 26 އަހަރުގެ ބަތަލާ ވަނީ މަންމަ ނެތުމުގެ ފަޅުކަން އިހުސާސް ވާކަމަށް ބުނެފައިއެވެ. އަދި އެކަމާއި އޭނާ ވަރަށް ދެރަވާކަމަށް ބުނެ އޭނާގެ މަންމަ ގެ ހަދާން ވަނީ އައު ކޮށްފައިއެވެ. އަދި މަންމަ ވަކިވެ ދިއުމުން އުފުލަން ޖެހުނު ބަރުދާސަތު ނުކުރެވޭ ހިތާމައިގެ ވާހަކަތަށް ވެސް އޭނާ ވަނީ ކިޔައި ދީފައިއެވެ.
ޖާންވީ ބުނި ގޮތުގައި ކުޑައިރުއްސުރެ މަންމައާއި އާއިލާއާއެކު އޭނާ އުޅުނީ ވަރަށް އުފާވެރި ދިރިއުޅުމެކެވެ. އެހެންވެ ދިރިއުޅުމުގައި ދެރަވުމާއި ކުރި މަތިވެސް ނުވާ ކަމަށް އޭނާ ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ