ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހުރުކް ހާން އާއި ވައަތަރު ކަމަށް ބުނާ އިބްރަހިމް ގަދްރީ، ޝާޙުރުކް ގެ ފިލްމް "ޕަޓާން" ގެ "ޖޫމޭ ޖޯ ޕަތާން" ލަވަޔަށް ނަށާ ވީޑިއޯ ވައިރަލްވެއްޖެ އެވެ.
އޭނާ އަކީ ގިން ބަޔަކު ބގަބޫލު ކުރާގޮތުގައި މިހާތަނަށްފެނުން އެންމެ ޝާޙު އާއި ވައްތަރު މީހާއެވެ. އެހެންކަމުން އޭނާ އަންނަނީ ޝާހު ކޮޕީ ކުރަމުންނެވެ. އަދި އެ ލަވަ ވަނީ ވައިރަލްވެފައިއެވެ.
އެލަވަ ވަނީ އެތަށް ބަޔަކު ޝެއާވެސް ކޮށްފައިއެވެ. ލަވައިގައި އޭނާ ނެށުމުގެ އިތުރުން ލައިފައި ހުރީ ވެސް ޝާހު އެލައވައިގެ ލައިގެން ހުރި ކަހަލަ ޓީޝާޓްއެކެވެ.
މީގެ ކުރިންވެސް ޝާހު އާއި ވައްތަރު ވުމަށް އެއްކަހަލަ ކޮސްޓިއުމް ގައި އޭނާ ވަނީ ވީޑިއޯ ތަށް ހަދައިފައިއެވެ. އަދި އޭގެތެރެއިން ގިން ވީޑިއޯތަށް ވަނީ ވައިރަކް ވެސް ވެފައިއެވެ.
އަދި އިންސްޓަގަރާމް އާއި ޔޫ ޓިއުބް ގައި ވެސް އޭނާ އަކީ މިހާރު ވަރަށް މަޝްހޫރު މީހެކެވެ. އެގޮތުން އިންސްޓަގްރާމުގައި މިހާރު 400،000 އަށް ވުރެ ގިނަ މީހުން ފޮލޯ ކުރެ އެވެ. އަދި އޭނާ ވަނީ ޔޫޓިއުބް އެކައުންޓަށް ސަބްސްކްރައިބް ކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 1.4 މިލިއަނަށް އަރައިފަ އެވެ.
ކޮމެންޓު ފޮނުވާ