މިދިއަ މަހު ބޭއްވި "ފެމިނާ މިސް އިންޑިއާ" ގެ ތާޖު ހާސިލުކުރި ރީތީގެ ތާނީ ނަންދިނީ ގުޕްތާ، އަކަޝޭ ކުމާރުގެ ކުރިއަށް އޮތް ކޮމެޑީ ފިލްމްއަށް ގެނައުމަށް އެ ފިލްމްގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ޕިންކްވިލާ އިން ބުނީ މި ފިލްމަކީ ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާގެ "ވެލްކަމް" ފްރެންޗައިޒްގެ ތިން ވަނަ ބައި ކަމަށެވެ. އެނޫހުން ބުނި އެ ފިލްމް އަށް ނަންދިނީ ގެނައުމަށް އަކަމާއި ބެހޭ މަޝްވަރާތަށް ކުރިއަށް ދާކަމަށެވެ.
ނަމަވެސް މި ފިލްމްގެ މަޝްވަރާތަކުން ނަންދިނި ފިލްމް އަށް އާން ބަސް ބުނި ކަމެއް އަދި ނޫން ކަމެއްވެސް މިހާތަނަކަށް އަދި ނޭގެއެވެ. މި ފިލްމް އިން ނަންދިނީ އަށް ހުށައަޅައިފައިވަނީ ލީޑު ރޯލުކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ވެލްކަމް" 2007 ގައި ގެނެސްދިނުމަށް ފަހު "ވެލްކަމް ބެކް" ގެނެސްދިނީ 2015 ގަ އެވެ. މި ދެ ފިލްމުގެ ވެސް ޑައިރެކްޓަރަކީ އަނީސް ބަޒްމީ އެވެ.
މީގެ ދުވަސްގަނޑެއް ކުރިއަށް ޖެހިލާ އިރުގައި އަކްޝޭގެ 2003 ގެ ފިލްމު "އަންދާޒް" ގެ ބަތަލާއިންނަކީ ވެސް ރީތީގެ ރާނީންނެވެ. އެއީ 2000 ވަނަ އަހަރުގެ "މިސް ވޯލްޑް" ގެ ތާޖު ހާސިލު ކުރި ޕްރިޔަންކާ ޗޯޕްޅާ އާއި އެ އަހަރުގެ "މިސް ޔުނިވާސް" ގެ ތާޖު ހާސިލު ކުރި ލާރާ ދައްތާ އެވެ.
ފަހުގެ ތާރީހަށް ބަލާލާއިރު އަކްޝޭ ވަނީ އިތުރު ރީތީގެ ރާނީ އަކު އިންޑަސްޓްރީއަށް ތއާރަފް ކޮށްފައިއެވެ. އޭނާ ތައާރަފް ކޮށްދީފައިވަނީ މިދިއަ އަހަރުގެ ފިލްމް "ސަމްރާތް ޕްރިތްވީރާޖް" އިން 2017 ވަނަ އަހަރުގެ "މިސް ވޯލްޑް" ގެ ތާޖު ހާސިލު ކުރި ރީތީގެ ރާނީ މަނޫޝީ ޗިއްލަރުއެވެ.
ކޮމެންޓު ފޮނުވާ