ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ނަރޫދޫގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ އެ ރަށުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް 4 މެއި 2023 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
We have commenced physical works of Sh. Narudhoo Harbor Development Project on 4th May 2023. New harbor basin dredging operations are currently ongoing.#MTCCProjects #RayyithungeKunfuni pic.twitter.com/TGBKybWxKH
— MTCC Plc (@MTCCPlc) May 7, 2023
މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓު ފޮނުވާ