ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި

ދިއްދޫ ކައުންސިލް ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބުކޮށްފި

Author
ހުސެއިން
06 މެއި 2023 08:25
0

އދ. ދިއްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަން އެމްއެންޕީން ކާމިޔާބު ކޮށްފިއެވެ. އެމްއެންޕީން އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ އެމްއެންޕީގެ ޓިކެޓްގައި ވާދަކުރި އަނީސް މުޙައްމަދު އެވެ.

މިއިންތިޚާބުގައި ވާދަކޮށްފައިވަނީ އެމްއެންޕީގެ ކެނޑިޑޭޓުގެ އިތުރުން ވާދަކޮށްފައިވަނީ އަމިއްލަގޮތުން ވާދަ ކުރި ކެޑިޑޭޓް ރަޝީދާ އާދަމްއެވެ.

މިއަދު ބޭއްވުނު ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އަނީސް މުޙައްމަދަށް ލިބިފައިވަނީ ޖުމްލަ 62 ވޯޓެވެ. ރަޝީދާ އާދަމްއަށް ލިބިފައިވަނީ 57 ވޯޓެވެ.

ދިއްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރީ ކުރިން އެކައުންސިލުގައި ހުރި މެންބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިލެކްޝަނުން ހާމަކޮށްފައިވާ ގޮތުގައި މިއިންތިހާބުގައި 119 މީހުން ވޯޓުލާފައި ވެއެވެ. އެއީ 57 ފިރިހެނުންނާއި 62 އަންހެނުންނެވެ. މި އިންތިޚާބުގައި ޖުމްލަ 147 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.