ރޮޒޭނާ، ދުންޔާއަށް: މިނިސްޓަރުކަމުގަ ދަތުރު ކުރެއްވީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންތޯ؟

ރޮޒޭނާ، ދުންޔާއަށް: މިނިސްޓަރުކަމުގަ ދަތުރު ކުރެއްވީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންތޯ؟

Author
މުޙައްމަދު ޝަޒައިމް
06 މެއި 2023 12:33
0

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި ދުންޔާ މައުމޫން ހުންނެވިއިރު، ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތައް ކުރެއްވީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެންތޯ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ދުންޔާއާއި ސުވާލު ކުރައްވައިފިއެވެ.

ރޮޒޭނާ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން ދުންޔާ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.

ދުންޔާ ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ދެކޮޅު ނުޖެއްސިގެން އުޅޭ މިހާލަތުގައި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ބަޖެޓުން 9 މިލިޔަނން ރުފިޔާ ޚަރަދުކޮށްފައި އިނގިރޭސިވިލާތަށް ވަޑައިގަތުމަކީ އެއްވެސް ބޭނުން ހުރި ކަމެއް ނޫންކަމަށެވެ. އެރަސްމިއްޔާތަކީ ޒޫމް ކޯލަކުންވެސް ބައިވެރިވެވޭނެ ހަފްލާއެއްކަމަށް ދުންޔާ ވިދާޅުވިއެވެ.

އިނގިރޭސީ ޝާހީއާއިލާގެ ކޮންމެވެސް ބޭފުޅެއްގެ ހިނިތުންވުމެއް ލިބޭތޯ ޓެކްސްޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދު ކޮށްގެން ދަތުރުކުރާއިރު ކުޑަކުދިންގެހިޔާއަށް މިއަހަރުބަޖެޓުކުރީ 9 މިލިއަންރުފިޔާ. އިސްކަންދެނީ ކޮންކަމަކަށްތޯ. ތި ރަސްމިއްޔާތުގައި ޒޫމު ކޯލަކުން ބައިވެރި ވެވިދާނެ.!

– ދުންޔާ ވިދާޅުވިއެވެ.

ދުންޔާގެ ވާހަކަތަކާއި ގުޅިގެން ރޮޒޭނާ ވިދާޅުވީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމުގެ މަޤާމުން ދުންޔާ އަދާކުރެއްވިއިރު، ކުރެއްވި ދަތުރުތައް ކުރެއްވީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންތޯ ސުވާލު ކުރައްވާފައެވެ. އަދި އެދުވަސްވަރު ކުރައްވާފައިވާ ޚަރަދުތައް ފިނޭންސް މިނިސްޓްރީން ސާފުކޮށް ރައްޔިތުންނާއި ޚިއްސާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރޮޒޭނާ ވިދާޅުވިއެވެ.

ކަމަނާ ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ތިހުރިހާ ވިލާތު ވިލާތަށް ދަތުރު ކުރެއްވީ އަމިއްލަ ޖީބުން ޚަރަދު ކުރައްވައިގެންތޯ؟ ވެއްޖެ ފިނޭންސުން މިބޭފުޅުންގެ ދަތުރުތަކަށް ދައުލަތުން ކޮށްފައިހުރި ޚަރަދު ބަލާލަން. ތަންދޮރު ނޭގޭ މީހުން ދައްކާކަހަލަ ވާހަކަ ނުދައްކަވާ.

– ރޮޒޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނިމިިދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ދުންޔާވެސް ވަޒީރުކަމުގައި ހުންނަވައިގެން ކުރެއްވި ކަމަކީ ރާއްޖެއާއި ދުނިޔެއާއި އޮތް ގުޅުން ކަނޑާލައި ދުނިޔެއިން އެކަހެރިވުންކަމަށެވެ. އެގެ ނަތީޖާއެއްގެ ގޮތުގައި ރާއްޖެއަށް ދުނިޔޭގެ އެހީތެރިކަން ލިބޭ މިންވަރު ކުޑަވެ ރާއްޖެ ބާކީވިކަމަށެވެ.

އަދި ހުރިހާ ޚަރަދެއް ކޮށްދަ ނަތީޖާއަކަށްވީ ކޮމަންވެލްތުންވެސް ވަކިވެ، ދުނިޔޭގެ ގިނަ ޤައުމުތަކާއި ގުޅުން ކަނޑާލުން! އެކަމަކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަނަކަށް ވަޑައިގަތީމަ އެކަން ހަޖަމު ނުވެގެން ތިބޭފުޅާ ތިއުޅުއްވަނީ. ދައުވަތު ނުލިބުނީމަ މާބޮޑަށް ހިތްދަތިވީތޯ؟

– ރޮޒޭނާ ވިދާޅުވިއެވެ.

ރަސްގެފާނު ޗާލްސް ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ވެސްޓް މިނިސްޓަރ އަބޭގައި އޮންނަ ހަފުލާގައި 2000 އަށްވުރެ ގިނަ މެހެމާނުން ބައިވެރިވާނެއެވެ. ޗާލްސްއަށް އިނގިރޭސި ތަހުތަށް އިސްކުރެވުނީ، އިނގިރޭސިވިލާތުގެ ރާނީ އަދި ޗާލްސްގެ މަންމާފުޅު މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އަވަހާރަވުމާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނުގެ އިތުރުން ޗާލްސްއަަކީ ކޮމަންވެލްތުގެވެސް ވެރިޔާއެވެ. އެއީ 2.4 ބިލިއަން މީހުން ހިމެނޭ 56 މިނިވަން ގައުމުގެ ޖަމްޢިއްޔާއެކެވެ. އޭގެ ތެރެއިން 14 ދައުލަަތެއްގެ އެންމެ އިސްވެރިޔަކީ ޗާލްސްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޢ ޢަލިބެ
މި ފެންނަނީ ދުންޏާ މެންގެ ހިތަށް ކެތްވެސް ނުކުރެވޭވަރުގެ ކަންތަކެވެ. ހާދަދެރައެވެ. ރާއްޖެތެރޭ ބީރައްޓެހި ސޮރަކު އެހުރީ އިގިރޭސި ރަސްގެފާނު ކައިރީގައި ވިއްޔާއެވެ.
އ އަލްސަން
ރޮޒޭނާއަށް މައްސަލައެއްނޫން އަމިއްލައަށް ރައްޔަތުންގެ ރުފިޔާ ކަމުން ދިޔައީމާ. މަޖިލީހުގެ މުސާރަ ކުޑަކުރަން ވޯޓެއް ނުދޭ.
ސ ސޫމާ
ކީއްވެގެންތޯ މަޖިލީހާއި ސަރުކާރުގެ ބޭކާރު މަގާމުތަކުން މުސާރަކަންޑަން ވޯޓު ނުދިނީ. ހަމަ ރައްޔަތުންގެ ރުފިޔާ ކަނީ ދޯ
ޖ ޖާސިއު
އިބުސޯލިހުގެ ސަރުކާރުގެ އޮފިށަލުން ރައްޔަތުންގެ ޓެކްސް ރުފިޔާ އިސްރާފުކޮށްގެން އުޅޭއިރު އެކަމަކަށް އަޅާނުލާ ހުންނަނީ ކީއްވެ
މ މަރީ
ހިޕޮކްރަސީީ ކޮބާ މިސަރުކާރުން ރައްޔަތުންގެ ރުފިޔާ އިސާރާފުކުރައްވާއިރު ފާޑުކިޔުން
ޖ ޖާމިލް
ރޮޒޭނާ މިސަރުކާރުން ކުރައްވާ ޙަރަދުތަކަށް ލޯވިޔައްވަނީތޯ.
ފ ފުއްގިރީޔޯ
އަމިއްލަ ޖީބު ފުން ވީމާ ކަލަ ގޮވޭ!