ސަރވިކަލް ކެންސަރު ނައްތާލުމަށް ބޭއްވި ބައްދަލުވުމުގައި ފަޒުނާ ބައިވެރިވެއްޖެ

ސަރވިކަލް ކެންސަރު ނައްތާލުމަށް ބޭއްވި ބައްދަލުވުމުގައި ފަޒުނާ ބައިވެރިވެއްޖެ

Author
މުޙައްމަދު ޝަޒައިމް
06 މެއި 2023 11:34
0

ސަރވިކަލް ކެންސަރު ނައްތާލުމަށް ޢަމާޒުކޮށް ބޭއްވި ކޮމަންވެލްތުގެ މަޝްވަރާ ބައްދަލުވުން "ފަޔަރސައިޑް ޗެޓް" ގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިންނަށް އަމާޒުކޮށްގެން "އިންސްޕަޔަރިންގ ޗޭންޖް ޓު އެކްސެލެރޭޓް ސަރވިކަލް ކެންސަރ އެލިމިނޭޝަން އިން ދަ ކޮމަންވެލްތު" ޝިއާރުގެ މައްޗަށެވެ. މި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ ރުވާންޑާގެ ރައީސްގެ އަނބިކަނބަލުން ޖެނެޓް ކަގާމޭއެވެ.

މި މަޝްވަރާތަކުގެ މަޤްޞަދަކީ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުން އަދި ބައިވެރިން އެއްތަންވެ، ކޮމަންވެލްތު ޤައުމުތަކުގައި ސަރވިކަލް ކެންސަރު އިތުރުވާ މިންވަރާމެދު ހޭލުންތެރިކަން އިތުރުކޮށް، ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތް ކުރުމަށް ހިތްވަރު ދިނުމެވެ.

މި ބައްދަލުވުމާއި އެއް ވަގުތެއްގައި، ކުރިޔަށްގެންދިޔަ ކޮމަންވެލްތު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ރިޕަބްލިކް އޮފް ރުވާންޑާގެ ރައީސް ޕައުލް ކަގާމޭއެވެ. ކޮމަންވެލްތު ޤައުމުތަކުގެ ވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި މެއިމަހުގެ 6 ވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި ބާއްވާ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3 ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.