މާޅެންދޫ އަދި ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

މާޅެންދޫ އަދި ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި

Author
އަޒްފާ ރަޝީދު
04 މެއި 2023 06:40
0

ނ. މާޅެންދޫ އަދި އދ. ދިގުރަަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމް.ޓީ.ސީ.ސީ)އާ ހަވާލުކޮށްފިއެވެ.

ނ. މާޅެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި ލަފާފުރުން ހައްލުކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 270 ދުވަހުގެތެރޭގައި ނިންމާގޮތަށް 34.9 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުން ނ. މާޅެންދޫގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ތޮށިލުމާއި އަދި ލަފާފުރުމުގައި
ދިމާވާ ދަތިތަކަށް ހައްލު ހޯދުމުގެގޮތުން ރަށުގެ ހުޅަނގު ފަރާތުގައި ޖެޓީ ޤާއިމްކުރެވިގެންދާނެއެވެ.

މީގެއިތުރުން އދ. ދިގުރަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 12.8 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތުގެ ދަށުން ރަށުގެ އުތުރު ފަރާތުގައި 127 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޤާއިމްކުރުމާއި
ބެކްފިލްކުރުން އަދި 15 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމްކުރުން ހިމެނެއެވެ. އަދި ރަށުގެ އިރުމަތީ ފަރާތުގައި 420 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯޓިއުބް ޖައްސައި އެ ސަރަޙައްދުގެ ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.