ސަނީގެ ދަރިފުޅު ކަރަން ކައިވެނި ކުރަނީ

ސަނީގެ ދަރިފުޅު ކަރަން ކައިވެނި ކުރަނީ

Author
ފާތިމަތު ނާވީ
05 މެއި 2023 11:36
0

ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލްގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް ކައިވެނި ކުރަން އުޅޭ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

ހަބަރުތަށް ބުނާގޮތުގައި ކަރަން ކަިއވެނި ކުރަނީ ބޮލީވުޑަށް ނިސްބަތްވާ އާއިލާ އެއްގެ ކުއްޖަކާއެއް ނޫނެވެ. އަދި ވަރަށް ޕްރައިވެޓް ހަފްލާއެއްގައި މިހާރު އެމީހުން ވަނީ އެންގޭޖް ކޮށްފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

32 އަހަރުގެ އެކްޓަރު ލޯބިވެރިޔާ އެންގޭޖްވީ ކާފަ އަދި މަޝްހޫރު އެކްޓަރު ދަރުމެންދުރާ އާއި މާމަ ޕްރަކާޝް ކޯރްގެ ކައިވެނީގެ އެނިވާސަރީއާ ދިމާކޮށެވެ. އަދި ވަރަށް އަވަހަށް އެމީހުން ކައިވެނި ކުރާނެ ކަމަށްވެސް ނޫސްތަކުން އަންނަނީ ބުނަމުންނެވެ.

އެމީހުން ކައިވެނި ވެސް ކުރާނީ އެންގޭޖްކުރި ފަދައިން ހަމަ އެކަނި އާއިލާ ގެ ހާޒިރުގައި ވަރަށް އާދައިގެ ގޮތަށް އަދި އެހާމެ ޕްރައިވެޓް ކޮން ކަމަށްވެސް ވެއެވެ.

އެމީހުން ގެ އާއިލީ ފިލްމް ކުންފުނީގެ ގިނަ ފިލްމް ތަކެއްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކަރަން އެކްޓިން އަށް ނުކުތީ ބައްޕަ ސަނީ ޑައިރެކްޓްކުރި 2019 ގެ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. އޭނާ ވަނީ 2021 ގެ ފިލްމް "ވޭލޭ" އިން ވެސް ފެނިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.