އެމްޑީޕީގެ މަޑަވެލީ ދާއިރާ ރައީސްކަން ކުރައްވާ އިބްރާހިމް ނާފިޒު، ޗިކާއަށް ސަރުކާރުގެ އިސް މަޤާމެއް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޗިކާ އައްޔަންކޮށްފައި ވަނީ ފިޝަރީޒް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުކަމުގެ މަގާމަށެވެ.
މާލޭގެ އެންމެ ނުުރައްކާތެރި އެއް ގޭންގުގެ ބޮޑެއްގެ ގޮތުގައި ކުރިން މަޝްހޫރުވެފައި ހުރި ޗިކާއަކީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގައި ގދ. މަޑަވެލި ދާއިރާ ތަމްސީލު ކުރާ މެމްބަރެވެ.
ޗިކާ އަކީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު ކަމަށް މަސައްކަތް ކުރަމުންދާ މީހެކެވެ. ޗިކާ އަކީ ކުރީގައި ޖިނާއީ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ހައްޔަރުކޮށް ޖަލަށްވެސް ލާފައިވާ މީހެކެވެ.
ކޮމެންޓު ފޮނުވާ