މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް މީހުންނާއިއެކު ގެއްލިއްޖެ

މާލެ ދަތުރުކުރަމުންދިޔަ ބޯޓެއް މީހުންނާއިއެކު ގެއްލިއްޖެ

ގުޅުންހުރި

މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓެއްގެ ޚަބަރެއް ނުވެގެން އެ ބޯޓް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށްޓަވައިފއެވެ.

އެމްއެންޑީއެފުން ވިދާޅުވީ "ސަވާރީ" ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެކަން މިއަދު ހެނދުނު 6:30 ހާއިރު އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ބޯޓުގެ ކައްޕި އަކީ ދިވެއްސެއް ކަމަށް މ.ދިއްގަރު ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނާ ގޮތުގައި ކައްޕި އަކީ އެރަށު މީހެކެވެ. ކައްޕިގެ ފޯނަށް ނުގުޅޭ ކަމަށް ކައުންސިލުން ބުނެއެވެ.

ބޯޓުފަހަރުގެ މައުލޫމާތު ގެނެސްދޭ ފޮލޯމީ އެޕްލިކޭޝަނުން ދައްކާ ގޮތުގައި އެންމެ ފަހުން ބޯޓުގެ ކަނެކްޝަން ލިބިފައި ވަނީ ރޭ މެންދަމު 1:30 ހާއިރެވެ. އޭރު ބޯޓު އޮތީ މާލެ އަތޮޅު ބޭރުގައެވެ.

މުދާ އުފުލާ ބޯޓެއްގެ ޚަބަރު ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވާއިރު، މިއީ މޫސުން ގޯސްވެ ކަނޑު ގަދަ ދުވަސްވަރެކެވެ. ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުގެ އިލްތިމާސްއާއެކު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލުވެސް ނެރުއްވައިފައެވެ.

ބޯޓު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު ރެއިން ފެށިގެން ރާއްޖޭގެ މޫސުން ވަނީ އިތުރަށް ގޯސް ވެފައެވެ. ކޮޅިގަނޑުގައި 45 މޭލަށް ވައި ގަދަވެދާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ ދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ