ފޭނުން އަނޫޝްކާ އާއި މާ ކައިރިވާތީ ވިރާޓް ރުޅިގަދަވެއްޖެ

ފޭނުން އަނޫޝްކާ އާއި މާ ކައިރިވާތީ ވިރާޓް ރުޅިގަދަވެއްޖެ

Author
ފާތިމަތު ނާވީ
04 މެއި 2023 06:42
0

ފޭނުން އަނުޝްކާ ޝަރުމާއާއި އާއި މާބޮޑަށް ކައިރިވެގެން ފޮޓޯ ނެގުމަށް މަސައްކަތް ކުރާތީ ވަރަށް ހިތްހަމަ ނުޖެހޭ ކަމަށާއި އެކަމާއި ރުޅި އަންނަ ކަމަށް ބަތަލާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިއާ ވިރާޓް ކޯލީ ބުނެފިއެވެ.

މީގެ ދުވަސް ކޮޅެއް ކުރިން މި ދެމަފިރިން ވަނީ ބެންގަލޫރުގެ މަޝްހޫރު ރެސްޓޯރެންޓަކަށް ގޮސްފައިއެވެ. އެމީހުން ކައިގެން ނުކުތް ތަކުން ފޭނުން ވަނި އެދެމީހުން ވަށައިލާފައިއެވެ. އަދި އަނުޝްކާ އާއި އެކުގައި ފޮޓޯ ނެގުމަށް ގިނަ ބަޔަކު ވަނީ އޭނާ އާއި ވަރަށް ކައިރިވެފައިއެވެ. އެއާއި އެކުގައި އެމީހުންގެ ބޮޑިގާޑުން އަދި ހުދު ވިރާޓް ވެސް ވަނީ އެމީހުން އަނުޝްކާ ކައިރިން ދުރުކޮށްފައިއެވެ.

އަނުޝްކާ އަކީ ގިން ބަޔަކު ސަޕޯޓް ކުރާ ތަރިއެކެވެ. އެހެން ކަމުން އަބަދުވެސް އޭނާ އާއި އެކު ދާ ކޮންމެ ތަނަކުންވެސް ފޮޓޯއެއް ނެގޭތޯ ފޭނުން މަސައްކަތް ކުރެއެވެ.

އަނުޝްކާ އާއި ވިރާޓް ކައިވެނި ކުރީ 2017 ވަނަ އަހަރުގައިއެވެ. އެމީހުން ނަށް ވަނީ 2021 ވަނަ އަހަރުގައި ދަރިއަކު ލިބިފައިއެވެ. އެކުއްޖާގެ ނަމަކީ ވަމިކާއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.