ޝާހުރުކް އޭނާގެ ފޭނެއްގެ ފޯނުގައި އަތުން ޖެހި ޖެހީނުން ވައްޓައިލައިފި

ޝާހުރުކް އޭނާގެ ފޭނެއްގެ ފޯނުގައި އަތުން ޖެހި ޖެހީނުން ވައްޓައިލައިފި

Author
ފާތިމަތު ނާވީ
05 މެއި 2023 09:20
0

ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އޭނާގެ ފޭނެއްގެ ފޯނުގައި އަތުން ޖެހި ޖެހީނުން ވައްޓައިލި ވީޑިއޯއެއް ވައިރަލްވެ ގިނަ ބައެއްގެ ފާޑުކިއުން އޭނާ އަށް އަމާޒު ވެއްޖެއެވެ.

އިންސްޓަގްރާމްގައި މަޝްހޫރު ޕަޕަރާޒީ އެކައުންޓެއް ކަމަށްވާ "ވިރަލް ބަޔާނީ" އޭނާގެ ހޭންޑްލްގައި ހިއްސާކުރި ވީޑިއޯއިން ފެންނަނީ ޝާހްރުކް ޚާން މުމްބާއީ އެއާޕޯޓަށް ސްޓައިލްގައި އަންނަ މަންޒަރެވެ.

އުއްމީދުކުރި ފަދައިން ތަރިއާއެކު އޭނާގެ ޓީމުން އޭނާ ގޮވައިގެން ކާރަށް އެރިއެވެ. ނަމަވެސް ސުޕަސްޓާ ފެނުމާއެކު ސަޕޯޓަރުންގެ އެކްސައިޓްމަންޓް ލެވެލް އެންމެ މައްޗަށް ގޮސް، އެއް ފޭނަކު ސެލްފީއެއް ނަގަން އޭނާ އާ ގާތަށް އައެވެ. ނަމަވެސް ޝާހު ދެން ކުރި ކަމަކުން އެންމެން ނަށްވެސް ވަނީ ޝޮކެއް ލިބިފައިއެވެ.

މަޑުމައިތިރި ހިތްތިރި ފޭނުން ދެކެ ލޯބިވާ އެކްޓަރެއްގެ ގޮތުގައި މަޝްހޫރު ޝާހު ވަނީ ފޭންގެ އަތުގައި ޖަހައި ފޯން ވައްޓައިލައިފައިއެވެ. ޝާހުގެ މި އަމަލާއި މެދުގައި ވައިރަލް ވެފައިވާ ވީޑިއޯއަށް ގިނަ ބަޔަކު ވަނީ ފާޑުވެސް ކިޔައިފައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ޝާހުރުކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރުގެ މިހާތަނަށް އެންމެ ކާމިޔާބު ފިލްމް ކަމުގައިވާ "ޕަޓާން" އިންނެވެ. އެ ފިލްމް ރިލީޒް ކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.